ލުތުފީ ފިލި މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި

ފޮޓޯ ޝޯޝަލް މީޑިއާ: —

ލުތުފީ ފިލި މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް ލުތުފީ މާލެ ގެނައުމަށްފަހު އެންމެ ފުރަތަމަ ވަނީ ޝާހީދު ހުސެން އާދަމް ބިލްޑިންގަށް ހާޒިރު ކޮށް އޭނާގެ ބަޔާނެއް ނަގާފައެވެ.

އެ އަށްފަހު ލުތުފީ ގެންގޮސް ހައްޔަރުކޮށްފައިވަނީ މާލޭ ޖަލުގައެވެ.

ނުވައަހަރުވަންދެން ފިލައިގެން އުޅުމަށްފަހު ލުތުފީ އަމާންދީ ލަންކާގެ ކޮލަމްބޯގައި ހުންނަ އެމްބަސީއަށް ވަނީ މޭ މަހުގެ 1 ވަނަ ދުވަހުއެވެ.

އޭގެ ފަހުން ލުތުފީ ހައްޔަރުކޮށްގެން ގެންގުޅުނީ ލައްކާގައެވެ.

ލަންކާގައި ހައްޔަރުކޮށްގެން މިހާ ގިނަ ދުވަހު ގެންގުޅުނީ އެނާ ރާއްޖެ ގެނައުމަށް ބޭނުންވާ ލިޔެކިޔުންތައް ހަމަނުވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު