ގާޒީ ހަސަން ސައީދުގެ ހުޅުލައިގެން ބާއްވާ އަޑުއެހުން އޮންނާނީ އާދިއްތަ ދުވަހު

ފެމެލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދުގެ ހުޅުވާލައިގެން ބާއްވާ އަޑުއެހުން  އަންނަ އާދިއްތަ ދުވަހު ބެއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން އިން ނިންމައިފިއެވެ.

އެ ކޮމިޝަނުން ބުނީ ހުޅުވާލައިގެން ބާއްވާ އަޑުއެހުން އޮންނާނީ މި މަހު 14 ވަނަ ދުވަހު ޕޯސްޓް ބިލްޑިންގެ ހަަ ވަނަ ފަންގިފިލާގައި ކަމަށެވެ. އަޑުއެހުން ފެށޭނީ 13:45 ގައެވެ.

މި އަޑުއެހުން ހުޅުވާލައިގެން ބާއްވަނީ އެގޮތަށް ހަސަން ސައީދު އެދިލައްވާފައިވާތީއެވެ.

ޖޭއެސްސީން މީގެ ކުރިން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ އަޑުއެހުމެއްވެސް ވަނީ ދަރުބާރުގޭގައި ބާއްވާފައެވެ. އަދި އޭނާގެ މައްސަލަ ތަހުގީގުކޮށް ނިންމުމަށްފަހު އޭނާ މަގާމުން ދުރުކުރަށް މަޖިލީހަށް ހުށަހެޅުމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެވެ.

ކިޔުންތެރިންގެ ހިޔާލު