ހަމަނުޖެހުންތަށް މަދުކުރާނެ ކަމަށް ތާލިބާނުންން އަދި އަފްގާނިސްތާނުން ވައުދުވެއްޖެ

ގަތަރުގެ ވެރިރަށް ދޯހާގައި ބޭއްވި އިންޓްރާ-އަފްގާނިސްތާން ސުލްހާގެ ވާހަކަތަ އަފްގާނިސްތަނުގައި ހިންގާ ހަމަނުޖެހުންތަށް މަދުކުރާނެ ކަމަށް ތާލިބާން ޖަމާއަތާ އަދި އަފްގާނިސްތާންގެ ސަރުކާރުން ވައުދުވެއްޖެއެވެ.

މި ވާހަކަތައް ބާއްވާފައިވަނީ ދެދުވަހަށް ބަހާލައިގެންނެވެ.

އިންޓްރާ-އަފްގާނިސްތާން ބައްދަލުވުންތަކަކީ ގަތަރު އަދި ޖަރުމުނުވިލާތް ގުޅިގެން އަފްގާނިސްތާނުގެ އެތެރޭގައި ހިނގާ ހަމަނުޖެހުންތަށް ސުލްހަވެރި ކުރުމުގެ ގޮތުން ބޭއްވި ބައްދަލުވުމުކެވެ.

ބައްދަލުވުމުގައި އަފްގާނިސްތާނުގެ ސިޔާސީ ވެރިންނާ، އާމުންނާ، އަންހެނުނާ، އަދި ތާލިބާން ޖަމާއައް ބާވެރިވެފައިވެއެވެ.

"ހުރިހާފަރާތުން ވެސް ވަނީ އާމުންނަށް އެއްވެސް ގެއްލުމެއް ލިބިގެން ނުވާނެ ކަމަށް އެއްބަސް ވެފަ. ނަމަވެސް ދާހިލީ ހަނގުރާމަ ކުރިއަށް ދާނެ. ނަމަވެސް އަޒުމަކީ އާމުންނަށް ލިބޭ ގެއްލުން ސުމަކަށް ބަދަލުކުރުން" ސުލްހާގެ ވާހަކަތަކުގައި ބައިވެރިވި ތާލިބާން ޖަމާއަތުގެ މެންމަބަރު ގާރީ ދިން މުހައްމަދު ހަނީފު ބައްދަލުވުން ނިންމާލުމަށްފަހު ބުންޏެވެ.

އަދި މި ބައްދަލުވުމުގެ އެބަސްވުމުގައި ރައްޔިތުންގެ މުއައްސަސާތަށް ހިމާޔަތް ދޭން އެއްބަސްވެފައިވެއެވެ.  ހިމާޔަތް ކުރެވުން ތަންތަނުގެ ތެރޭގައި މަދަރުސާތައް، ދީނީ މަދަރުސާތައް، ހޮސްޕިޓަލް، މާރުކޭޓު، އަދި އާމުން މަސްކަތްކޮށް އުޅޭ ތަންތަން ހިމެނެއެވެ.

ތާލިބާނުން މި ވައުދުތަށް ވެފައިވަނީ އާދީތަ ދުވަހު އަފްގާނިސްތާނުގައި ބޮމުގެ ހަމަލާއެއް ދިން ކަމަށް އެއްބަސް ވުމަށް ފަހުގައެވެ. މި ބޮމުގެ ހަމާލާގައި 18 މީހުން މަރުވެ، 180 މީހުނަށް ވަނީ އަނިޔާ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު