ލުތުފީ މާލެ ގެނެސްފި

ދިވެހިރާއްޖޭގައި 1988 ވަނަ އަހަރު ދިން އުދުވާނީ ހަމަލާގައި ހިމެނޭ ހާޖަރާގޭ އަބްދުﷲ ލުތުފީ ދާދިދެންމެއަކު މާލެ ގެނެސްފިއެވެ.

އެނާ މާލެ ގެނެސްފައިވަނީ، އެމިރޭޓްސްގެ ފްލައިޓް އީކޭ - 653 އިންނެވެ.

އަބްދުﷲ ލުތުފީއަކީ މީގެ 9 އަހަރު ދުވަސް ކުރިން އިންޑިއާއަށް ބޭސް ފަރުވާއަށް ފޮނުވުމުން ފިލާފައިވާމީހެކެވެ.

އެނާ އަލުން އަމާންދީ ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ވަދެފައިވަނީ މޭމަހުގެ 1 ވަނަ ދުވަހުއެވެ. ލުތުފީ އަމާން ދިނުމާ ގުޅިގެން ފުލުހުން ވަނީ އެނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ލުތުފީ އަނބުރާ ރާއްޖެ ގެނައުމަށް ލަސްވީ ލަންކާއިން ހަަމަކުރަންޖެހޭ ލިޔެކިޔުންތައް ހަމަނުވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު