ހޫނު ފެނަށް ވެއްޓުނީ އިމްރާންތަ؟ ނޫނީ އުމަރާއިއެކު 3 ކޮމިޝަނަރުންތަ؟

އިތުބާރު ގެއްލިފައިވާ ތިން ކޮމިޝަނަރުން ދައްކާ ވާހަކަ ޤަބޫލުކުރާނީ ކާކު؟ އިމްރާން ހެއްދެވީ އިތުރުފުޅެއް ކަމަށް ވިދާޅުވާ ބޭފުޅުން ލުތުފީއާއިބެހޭ އެއްވެސް މައުލޫމާތެއް މިއަދާއި ހަމަޔަށް ނުދެއްވައި ތިބެ ހޫނުފެނަށް ވެއްޓުނީމާ މިއަދު ރައްޔިތުންގެ ސަމާލުކަން ހޯދުމުގެ މަސައްކަތް ފައްޓަވައިގެން އުޅުއްވާ ކަހަލައެވެ.

ރައީސް ޔާމިންގެ ވެރިކަމުގައި އިތުބާރު ގެއްލި ބަދަލުކުރެވުނު ޕޮލިސް ކޮމިޝަނަރުންތަކެއް މިއަދު ލުތިފީގެ މައްސަލައިގައި މިހާ ކަންބޮޑުވާ ކަމަށް ޤަބޫލު ކުރެވޭނެ އެއްވެސް ސަބަބެއް ނުފެނެއެވެ. ވެގެން މިއުޅޭ ގޮތަކީ އުމަރު ހޫނުފެނަށް ވެއްޓުމުން ދިފާއުގައި ބަޔަކު ނުކުމެގެން އުޅެނީއެވެ.

އުމަރުގެ ނަސީރުގެ ދިފާއުގައި ނުކުމެފައިވާ ތިން ޕޮލިސް ކޮމިޝަރުންގެ ތެރެއިން، އަބްދުﷲ ރިޔާޒުގެ ކޮމިޝަނުަރުކަމުގައި ވަނީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލާފައެވެ. ނޫސްވެރިއާ އަހުމަަދު ރިލްވާން ގެއްލުވާލީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުސެން ވަހީދު ހުއްޓައެވެ. ބްލޮގާ ޔާމިން ރަޝީދު މަރަލީ ސީޕީ އަކަށް އަހުމަދު އަރީފް ހުއްޓައެވެ.

ޔާމީންގެ ސަރުކާރުގައި ފުލުހުން ލައްވައި ހިންގި ގިނަ ޖަރީމާތަކުގެ އަޑީގައި ހުރި ކަމަށް ގިނަ ރައްޔިތުން ޤަބޫލުކުރި ޕޮލިސްކޮމިޝަނަރ ހުސެއިން ވަހީދަކީ މިއަދު އުމަރުގެ ދިފާއުގައި ނުކުމެ ހުރި މީހެކެވެ. ސަބަބަކީ 2012 ވަނަ އަހަރުގެ ވެރިކަން މަގުމަތިން ބަދަލުކުރުމުގައި އުމަރު ނަޞީރާއެކު އަމަލީ ގޮތުން ބައިވެރިވި ފަރާތެއް ކަމުންނެވެ. އެހެން ކަމުން މިއަދު ލުތުފީގެ މައްސަލާގައި އިހުމާލުވެފައިވާ ފަރާތެއްގެ ހައިސިއްޔަތުން ދައްކަވަމުން ގެންދާ ވާހަކަތަކަކީ ހުސެއިން ވަހީދު ދައްކަވާ ހިޔާލީ ވާހަކަތައް ކަމަށް ޤަބޫލުކުރެވެއެވެ.

ކުރީގެ ކޮމިޝަނރަ އަބްދުﷲ ރިޔާޒަކީ ރައްޔިތުންގެ އިތުބާރު ގެއްލޭވަރަށް ޑރ.އަފްރާޝީމަރަކީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށް، މަރުހޫމް އަފްރާޝީމްގެ މަރާލި މީހުންގެ ވާހަކަތައް އެނގޭ ކަމަށްބުނެ ކޮންމެ އިންތިހާބަކާއި ދިމާކޮށް އެވާހަކަ ދައްކަވަމުން ގެންދިޔަ ބޭފުޅެކެވެ. އަދި އަފްރާޝީމް އަވަރާހަކޮށްލީ ސިޔާސީ ބޭނުމެއްގައި ކަމަށް ކޮމިޝަނަރުގެ މަގާމުގައި ހުންނަވައިގެން ވިދާޅުވެ، އަދިއަދާ ހަމައަށް ވެސް އެ ވިދާޅުވާ "ސިޔާސީ ބޭނުން" ރައްޔިތުންނާހަމައަށް ތިލަކޮށްލަން ކެރި ވަޑައިނުގަންނަވާ "ފިނޑި" ބޭފުޅެކެވެ.

ފުލުހުންނާއި ޤާނޫނީ ގޮތުން މަތިކުރެވިފައިވާ ޒިންމާތައް ފުލުހުން އަދާކުރައްވަން ޖެހޭނެ ކަމަށް އަބުދުﷲ ރިޔާޒު ވިދާޅުވާ އިރު ފުލުހުން ޤާނޫނު ނަގަހައްޓައި ކަންކަން ކުރަމުން އައީ ކޮން ދުވަސްވަރެއްގައިތޯ އަދި ކޮންކަމެއްގައިތޯ ސުވާލު އުފެދެއެވެ. 07 ފެބުރުއަރީ 2012 ގައި ފުލުހުންނާއި ގުޅިގެން ޤަނޫނީ ގޮތުން އުފެދިފައި އޮތް ވެރިކަމާއި ދެކޮޅަށް ހުދު އަބްދުﷲ ރިޔާޒު ހިންގެވީ ޤާނޫނީ ކަންކަންތޯ ވެސް ސުވާލު އުފެދެއެވެ.

ހާއިނެއް  އަދި ބާޢީ އެއް ކަމުގައިވާ ހާޖަރާގޭ ލުތުފީ ފިލައިގެން ދިޔަފަހުން ރާއްޖެ ގެނައުމަށް މަސައްކަތެއް ކުރިނަމަ އޭރުވެސް ރައްޔިތުންނަށް އެކަން ހާމަކުރައްވަން ޖެހެއެވެ. ސަބަބަކީ މިއަދު އެމީހުން ރައްޔިތުންނަށް ކަންކަން ހާމަކުރަން ގޮވާލާ ފަދައިން މިއަދު އެކަން ކުރައްވަމުން ފުލުހުން ގެންދާއިރު  އޭރު މިބޭފުޅުންނަށް ފުލުހުންގެ ޤާނޫނާއި ދިވެހިރާއްޖޭގެ އެންމެހާ ޤާނޫނުތައް ނޭނގެނީހެއްޔެވެ. އެހެނވިޔައްސް އެއީވެސް މިބޭބޭފުޅުންނަށް މިކަމުން ރެކެވޭނެވެސް ސަބަބެއް ނޫނެވެ. ފުލުހުންނަކީ ޤާނޫނު ދަންނަ ޤާނޫނު ތަންފީޒު ކުރަން މަތިކުރެވިފައިވާ ފަރާތް ކަމަށްވާތިއެވެ.

ދެން އޮތީ ކުރީގެ ކޮމިޝަނާ އަހުމަދު އަރީފްގެ ވާހަކައެވެ. އަރީފްއަކީ ސުޕްރީމް ކޯޓުން 2018 ވަނަ އަހަރުގެ ފެބުރުއަރީ 2 ވަނަ ދުވަހު އިދިކޮޅު ލީޑަރުން މިނިވަން ކުރުމަށް އަމުރުކޮށް ކޯޓު އަމަރު ނެރުނުއިރު ފުލުހުންގެ އިސްވެރިއާއެވެ. އަދި އެއަމުރަށް ތަބާނުވެ ގަސްތުގައި އެތައް ވަގުތެއް ބޭކާރު ކުރެއްވައި، އަމިއްލައަށް ފޭހުނު އިލޮށިގަނޑު ލޮލަށް ހެރިވަޑައިގެން ބޭފުޅެކެވެ.

ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމިން ގުޅުއްވުމުން ފޯނު ނުނަގާތީ އޭނާ މަގާމުން ދުރޮށް ޕާސްޕޯޓު ހިފައްޓައި އޭނާއާއި ދެކޮޅަށް ޖިނާއީ ތަހުގީގު ހިންގަން ފެށިއެވެ. އަދި އޭނާގެ މައްޗަށް ދައުވާވެސް ކުރިއެވެ.

އަރީފްގެ މައްޗަށް ކުރާ ދައުވާގައި ބުނެފައިވަނީ ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނަވައިގެން މިދިޔަ އަހަރުން ފެށިގެން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން އަރީފް މަސައްކަތް ކުރެއްވި ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ އަމުރު ނެރުމުގެ ކުރިން އެ ކަމަށް ދުރާލައި އަރީފް ތައްޔާރުވި ކަމަށާއި އަދި ފުލުހުންގެ ތެރޭގައި އޮންނަ އުސޫލުތަކާ ޚިލާފަށް އޭނާ ބޭނުންވާ ބައެއް ފުލުހުންތަކެއް، ފެބްރުއަރީ 1 ގެ އަމުރު ނެރެންވާ އިރަށް މަގުމައްޗަށް ނެރެން ތައްޔާރުކުރި ކަމަށް ދައުވާގައިވެ އެވެ. ފުލުހުންތައް ނެރެގެން އަރީފް މަސައްކަތް ކުރީ އެހެން ފުލުހުންނާ ކުރިމަތިލައި، ހަމަނުޖެހުން ހިންގަން ކަމަށް ދައުވާގައިވެ އެވެ.

"ކޯޓު އަމުރަކަށް ތަބާވާން" މަސައްކަތް ކުރުމުން "ޓެރަރިޒަމްގެ ދައުވާ" އަރީފްގެ މައްޗަށް އުފުލިއިރު، މިއަދު އަނެއްކާވެސް އޭނާ މިއުޅެނީ ހަނދު ބޮޑުވެގެންތޯ ސުވާލު އުފެދެވެ. ސަބަބަކީ އުމަރު ނަސީރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ބޮލުގައި އަފްރާޝީމްގެ މަރުގެ ތުހުމަތު އަޅުވައި ހޯމް މިނިސްޓަރ ކަމާއި ހަވާލުވި ފަރާތެކެވެ. މިވަރުގެ މީހަކު ފިތުނަ އުފައްދައި މަސްލަހަތު ނަގާލުމަށް ނުކުރާނީ ކޮން ކަމެއް ހެއްޔެވެ.

އުމަރު ނަޞީރަކީ ތަފާތު އެކި ފަހަރުމަތިން ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރުތަކާއި ދެކޮޅަށް ނުކުމެ ވެރިކަން ވައްޓާލާނެ ކަމަށް ބުނެ މަގުމައްޗަށް ނުކުމެ، ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފައްދައި ރައްޔިތުން ސަރުކާރުތަކާއި ދެކޮޅަށް މަގުމައްޗަށް ނެރުމުގައި ހަރަކާތްތެރިވާ މީހެކެވެ.

ސިފައިންގެ ޤާނޫނުގެ 48 ވަނަ މާއްދާގައި ބުނެފައިވަނީ "ބަޢާވާތްތެރިންނަކީ" ރާއްޖޭގެ މިނިވަންކަމާ، ސިޔާދަތައް ގެއްލުންވާފަދަ އަމަލެއް ކުރާ ދިވެހިން ކަމަށެވެ.

ދިވެހިރާއްޖޭގައި އޮތް ޤާނޫނީ ވެރިކަމެއްގެ އެންމެ އިސް ވެރިއަކަށް ހުންނެވި ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރާނެކަމުގެ އިންޒާރު ފާޅުގައި ދީ، ކޮންމާޑު ސެންޓަރު ހިންގެވިކަމަށް އެއްބަސްވެ، ހަރުގަނޑު ޖައްސައިގެން ސިފައިންގެ ފާރުމަތިން އަރަށް ރޭވި މީހަކު " ބަޢާވާތްތެރިއަކަށް" ނުވާނެ އެއްވެސް ގޮތެއް އޮންނާނެތޯއެވެ؟

އެހެން މީހުނަށް ގުދޯ ގުދޯ ގޮވާ ކޮންމެ މީހެއްގެ ހަތް ގުދު އޮންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

  1. މޫން

    ވަރަށް ފުރިހަމަ ވާހަކަފުޅެއް

  2. ނިޔާޒް

    މީހަޤީގަތަކީ

    13