ޔަމަނުގައި ހަރަކާތެރިވާ ޔޫ.އޭ.އީގެ ފައުޖުތަށް މަދުކުރަން ފަށައިފި.

ޔަމަނުގައި އަސްކަރީ ގޮތުން ހަރަކާތެރިވަމުން އަންނަ ޔޫ.އޭ.އީ ( ޔުނައިޓެޑް އަރަބް އެމިރޭޓް) ފައުޖުތަކުގެ އަދަދު މަދުކުރަން ފަށާފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.

ޔޫ.އޭ.އީ އޮފިޝަލެއް އިއްޔެގެ ވަގުތެއްގައި ބުނެފައިވަނީ މިއީ އަސްކަރީ ފިޔަވަޅުތައް ސުލްހަވެރި ފިޔަވަޅަކަށް ބަދަލުކުރުން ކަމަށެވެ. ނަމަވެސް އަސްކަރީ ފައުޖުގެ ބަޔަކު އަދިވެސް ޔަމުނުގެ އަލް ހުދެއިދާގައި އަސްކަރީ ގޮތުން ހަރަކާތެރިވަމުން ކުރިއަށް އަންނަކަމަށް ޔޫ.އޭ.އީ އޮފިޝަލު ބުނެފައިވެއެވެ.

ހުޅަނގުގެ ބައެއް ގައުމުތަކުން ބުނާގޮތުގައި މިއީ ޔޫ.އެސް އަދި އީރާނުގެ ކޯޅުން ގޯސްވުމުގެ ސަބަބުން ޔޫ.އޭ.އީ އަޅާ ފިޔަވަޅެއް ކަމަށެވެ. ސަބަބަކީ ގައުމާ ދުރު ސަރަހައްދު ބެލެހެޓުމަށް ވުރެ ގައުމާ ކައިރި ސަރަހައްދު ބެލުން މުހިންމު ވެގެންދާނެތީއެވެ.

ކިޔުންތެރިންގެ ހިޔާލު