އެމްއެމްޕީއާރުސީ ހިޔާނަތާ ގުޅިގެން ބީއެމްއެލްގެ 38 މުވައްޒަފުންްގެ ބަޔާން ނަގަނީ

އެމްއެމްޕީއާރުސީ ހިޔާނަތާ ގުޅިގެން ބީއެމްއެލްގެ 38 މުވައްޒަފުންްގެ ބަޔާން ނަގުމަށް ނިންމާފައިވާކަމަށް އެންޓިކަރަޕްޝަން ކޮމިޝަންް, އޭސީސީން ހާމަކޮށްފިއެވެ.

ސުވާލުކުރާ މުވައްޒަފުންގެ ތެރޭގައި ބޯޑު މެމްބަރުންނާ، މެނޭޖުމަންޓު ލެވެލްގެ މީހުންނާ، އަދި އެކި ސެކްޝަންތަކުގެ މުވައްޒަފުން ހިމެނޭކަމަށް އޭސީސީން ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން އޭސީސީގެ ރައީސް މުޢައްވިޒު ވިދާޅުވެފައިވަނީ އެ މުވައްޒަފުންނާ ސުވާލުކޮށް ބަޔާން ނަގަމުން އަންނަނީ، އެމްއެމްޕީއާރްސީގެ ނަމުގައި އެކިފަރާތްތަކުން ދޫކޮށްފައިވާ ޗެކްތައް އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރި މައްސަލާގައެވެ.

އެމްއެމްޕީއާރުސީގެ މައްސަލަ ތަޙްޤީޤުކޮށް އޭސީސީން ޢާންމުކުރި ރިޕޯޓުގައި 57 ރަށަކުން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު 60 މިލިއަނަށްވުރެ ގިނަ ޑޮލަރު އެމްއެމްޕީއާރުސީގެ އެކައުންޓްތަކަށް ޖަމާނުކޮށް ޗެކް އެންޑޯސްކޮށްގެން އެކިއެކި އަމިއްލަ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާކަމަށް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު