'ހަފްތާ ރެސް' ހުޅުމާލެ އަދި ވިލިމާލޭގަ ބާއްވަނީ

'ހަފްތާ ރެސް' ހުޅުމާލެ އަދި ވިލިމާލޭގަ ބާއްވުމަށް ހަމަޖެހިފައިވާކަމަށް، މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްްސް އިން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން ބުނީ، 12 ޖުލައިވާ ހުކުރު ދުވަހު އޮންނަ 'ހަފްތާ ރެސް' އޮންނާނި ހުޅުމާލޭ ރުށްގަނޑު ސަރަހައްދުގައި ކަމަށެވެ. އަދި 19 ޖުލައި ވަނަ ދުވަހު އެ މާކެޓު އޮންނާނީ ވިލިގިލީގައި ކަމަށެވެ.

ހަފްތާރެސް އަކީ ކޮންމެ ހަފްތާ ބަންދަކު ވީކެންޑް މާކެޓެއް ބޭއްވުމަށް ރައީސް ޞާލިހު ވެވަޑައިގަންނަވާފައިވާ ވަޢުދުގެ ދަށުން އިންތިޒާމްކުރާ ހަރަކާތެކެވެ. ހަފްތާރެސްގެ މަޤްޞަދަކީ ބުރަކޮށް މަސައްކަތްކުރުމަށްފަހު، ހަފްތާ ބަންދުގައި ތަފާތު މާހައުލެއްގައި ގިނަ ރައްޔިތުން އެއްތަނަކުން ބައްދަލުވެ، ވަގުތު ހޭދަކޮށްލުމަށް މަގުފަހިކޮށްދިނުންކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު