ޔާމިން ރަޝީދުގެ މަރުގު ޝަރީއަތް 7 ވަނަ ފަހަރަށް ކެންސަލް

އަނިޔާވެރިގޮތަކަށް މަރާލި ބްލޮގަރު ޔާމިން ރަޝީދުގެ މަރުގު ޝަރީއަތް 7 ވަނަ ފަހަރަށް ކްރިމިނަލް ކޯޓުން ކެންސަލް ކޮށްލައިފިއެވެ.

އެ އަޑުއެހުން ތާވަލުކޮށްފައިވަނީ މިއަދު 13:30 އަށެވެ. ނަމަވެސް ކޯޓުން ވަނީ އަޑުއެހުން ކެންސަލްކޮށްލާފައެވެ.

މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 2017 ވަނަ އަހަރުއެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ޔާމިން ރަޝީދު މަރާލުމުގެ ފަހަތުގައި ދީނީ ގޮތުން ހަރުކަށި ޙިޔާލު ގެންގުޅުނު މީހުން ހިމެނޭ ކަމަށާއި އޭނާ މަރާލީ ދީނަށް ފުރައްސާރަ ކުރާ ކަމަށް ބުނެ ކަމަށް ފުލުހުންވަނީ 2017 ވަނަ އަހަރު ބުނެފައެވެ.

ޔާމިން ރަޝީދު މަރާލާފައި އޮއްވާ ފެނުނީ މިއަހަރުގެ އޭޕްރިލް މަހުގެ 23 ވަނަ ދުވަހުގެ ރޭ، މެންދަމުން 3 ޖަހާކަން ހާއިރު އޭނާ ދިރިއުޅޭ މ. ސްޕެޓިއުލާ ގެ ތެރެއިންނެވެ.

ކިޔުންތެރިންގެ ހިޔާލު