ޔޫއެންއެޗްއާރު އިން ކަޝްމީރާ ގުޅޭގޮތުން ނެރުނު ރިޕޯޓުގައި ބޮޑެތި ކަންބޮޑުވުންތަކެއް!

ޔޫ.އެންގެ ހިއުމަންރައިޓްސް ހައިކޮމިޝަނަރުގެ އޮފީހުން މިއަދުނެރެފައިވާ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އިންޑިއާ އަދި ޕާކިސްތާނުން ކަޝްމީރުގައި ހިނގަމުންދާ ލާއިންސާނި އަމަލުތަށް ހުއްޓުވުމަށް އެއްވެސް ފިއަވަޅެއް ދެ ގައުމުން އަޅާފައި ނުވާކަން ޔޫއެންއެޗްއާރު ގެ ހައިކޮމިޝަނަރުގެ އޮފީހުން މިއަދު ނެރުނު ރިޕޯޓުން ހާމަވެއްޖެއެވެ.

2018 މޭ މަހުން ފެށިގެން 2019 އެޕްރީލް މަހާއި ދޭތެރޭ ޔޫ.އެން އިން ކޮއްފައިވާ ދިރާސާގައި އިންޑިއާ-ކަޝްމީރު އަދި ޕާކިސްތާނު-ކަޝްމީރުގައި މި 12 މަސް ދުވަސްތެރޭ އާމުންނަ ލިބިފައި އަނިޔާ ފާއިތުވެފައިވާ އަހަރުތަކުގައި މީގެ ކުރިން ދުވަހަކުވެސް ބޮޑު ނުވާވަރަށް ބޮޑުވެފައިވާކަމަށް އެ ރިޕޯޓު ބުނެއެވެ.

ޔޫ.އެން ހައި ކޮމިޝަނާ އޮފް ހިއުމަން ރައިޓްސް އޮފީހުން މިޔަދު ނެރެފައިވާ މި ރިޕޯޓުގައި ބުނެދޭ ގޮތުން ކަޝްމީރުގައި މަސްލަހަތު ގޯސްވެފައިވަނީ ފެބުރުއަރީ މަހު އިންޑިއާ ސިފައިންނަށް އަމާޒު ކޮށް ޖާނުން ފިދާއެވެ ދީފައިވާ ބޮމުގެ ހަމަލާގެ ސަބަބުން ކަމަށެވެ. މިކަމުގެ ސަބަބުން ކަޝްމީރުގެ އާމުންގެ ފުރާނަޔަށް ނުރައްކާވި މިންގަޑު އިންތިހާއަށް ބޮޑު ކަމަށެވެ.

ލޯކަލް ސިވިލް ސޮސައިޓީއިން ހޯދާފައިވާ މައުލޫމާތުތަކަށް ބިނާކޮށް އެ ރިޕޯޓުގައި ބުނެގފައިވަނީ،  2018 ވަނަ އަހަރު ކަޝްމީރުން މަރާލާފައިވާ އާމުންގެ އަދަކީ 160 އެވެ.

މިދިއަ އަހަރު ވެފައިވަނީ 2008 ވަނަ އަހަރުން ފެށިގެން ހަމަނުޖެހުންތަކާ ގުޅިގެން މީހުން އެންމެ ގިނައިން މަރުވެފައިވާ އަހަރަށެވެ. ކަޝްމީރުގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކުގާ 586 މީހުން ވަނީ މަރާލާފައި ކަމަށާ، މިތަނުން 267 މީހުނަކީ ހަތިޔާރު ހިފައިގެން އުޅޭ ފައުޖުތަކު މީހުން ކަމަށާ 159 މީހުނަކީ ހަށިފާރަވެރިން ކަމަށް ޔޫއެންގެ ރިޕޯޓުގައި ބުނެފައިވެއެވެ.

ނަމަވެސް ލޯކަލް ސިވިލް ސޮސައިޓީ ރިޕޯޓުގައި 586 މީހުން ތިބިކަމަށް ބުނި ނަމަވެސް،  އިންޑިއާގެ ޔޫނިއަން މިނިސްޓްރީ ފޯ ހޯމް އެފެއާސް އިން ބުނެފައިވަނީ މަރުވެފައިވާ މީހުންގެ އަދަދުވާނެކަމަށެވެ.

މާރާލެވިފައިވާ ކަމަށް ލޯކަލް އޮގަނައިޒޭޝަންއިން ބުނާ 160 އާންމު ރައްޔިތުން ތެރެއިން، 71 މީހުން މާރާލެވިފައިވަނީ އިންޑިއާގެ ސަލާމަތީ ބާރުން ކަމަށާ 43 މީހުން މަރާލެވިފައިވަނީ ހަތިޔާރު އިފައިގެން އުޅޭ ޖަމާއައްތަކުން ކަމަށާ އަދި އިތުރު 29 މީހުން މަރާލެވިފައިވަނީ ޕާކިސްތާނުގެ ބޯޑަރު ލައިން ކާރީގައި ބަޑި ޖެހުމުގެ ތެރެއިން ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ރިޕޯޓާ ގުޅިގެން ޕާކިސްތާނު ސަރުކާރުން ބުނެފައިވަނީ ޔޫއެންގެ ރިޕޯޓުގައި ހިމަނާފައިވާ އަދަދަށްވުރެ އިތުރު 35 މީހުން މަރާލާފައިވާކަމަށެވެ. އިތުރު 135 މީހުނަށް އަނިޔާ ލިބިފައިވާކަމަށެވެ. މިކަން ހިނގާފައިވަނީ އިންޑިއާ ސިފައިން ޕާކިސްތާނުގެ ބޯޑަރު ސަރަހައްދުގައި ބަޑިޖެހުމުގެ ސަބަބުން ކަމަށެވެ.

އިންޑިއާއިން ކޮންޓްރޯލް ކުރާ ކަޝްމީރު ސަރަހައްދުގައި ހުރި މައްސަލަތައް:  

އަދި މި ރިޕޯޓުގައި ބުނެދޭ ގޮތުން އިންޑިއާ-ކަޝްމީރުގައި އިންޑިއާ ސިފައިން ނުހައްގުން އާމުންނަށް ކޮއްފައިވާ އަނިޔާއާ ގުޅިގެން އިންޑިއާއިން ސިފައިން ޒިންމާދާރު ކުރުވަން އެގައުމުގެ ސަރުކާރުން އެއްވެސް ވަރަކަށް މަސައްކަތެއް ނުކުރެއެވެ.

އެންމެ ގިނައިން ލާއިންސަނީ އަމަލުތަށް ހިންގާފައިވަނީ ތުހުމަތަކުގައި މީހުން ގެންދާ ތަންތަނުގަ އަދި މީހުން ބަލާ ފާސްކުރުމަށް ހިންގާ އޮޕަރޭޝަންތަކުގައި ކަމަށް އެ ރިޕޯޓު ބުނެއެވެ.

އިންޑިއާ- ކަޝްމީރުގައި ހަދާފައިވާ ގާނޫނުގެ ސަބަބުން އެ ގައުމުތަކުގެ ސަލާމަތީ ބާރުތަކުން ހިންގާ ލާއިންސާނީ އަމަލުތައް ބަލައި އަނިޔާ ލިބުނު މީހުންނަށް އިނަސާފު ހޯދައިދޭން އުނދަގޫކަމަށް ރިޕޯޓު ބުނެއެވެ.  ސަލާމަތީ ބާރުތައް ޒިންމާދާރު ކުރުމަށް އެޅިފައިވާ ހުރަހަކީ ' ދި އާމީ ފޯސެސް ( ޖައްމޫ އަދި ކަޝްމީރު) ސްޕެޝަލް ޕަވާ އެކްޓް 1990 ' ( އޭ.އެފް.އެސް.ޕީ.އޭ ) އޭ ކިޔާ ގާނޫނެކެވެ.

ސަބަބަކީ އޭ.އެފް.އެސް.ޕީ.އޭގެ ބާބު 7 ގައި ބުނާގޮތުން ސަލާމަތީ ބާރުގެ އެއްވެސް މީހަކުގެ ދައުވާ އުފުލުމަކީ ކޮއްގެން ވާނެ ކަމެއް ނޫން ކަމަށާ ދައުވާ އުފުލޭނީ އިންޑިއާގެ މައި ސަރުކާރުން މިކަމަށް ވަކި ހުއްދައެއް ދިނުމުން ކަމަށެވެ.

ފާއިތުވެދިޔަ 30 އަހަރުވެސް މިގާނޫނު އިންޑިއާ-ކަޝްމީރުގައި އޮތުމުގެ ސަބަބުން ގާނޫނީ ގޮތުން މިހާތަނަށް އެވެސް ސަލާމަތީ ބާރުތަކުގެ އޮފިސަރުން ޒިއްމާދާރުކުރެވިފަ ނެތެވެ.

އިންޑިއާގެ މައި ސަރުކާރުން ސަލާމަތީ ބާރުގެ އެއްވެސް މީހަކުގެ ދައުވާ ބެލުމަށް ހުއްދާ ދީފައިނުވެއެވެ.  އިންޑިއާގެ ސިފައިން މިލިޓަރީ ކޯޓުތަކުގައި ކޮއްފައިވާ ދައުވާއެއްގެ މައުލޫމާތު ދިނުމަށް އަބަދުވެސް އިންކާރު ކޮށް ނުނީ އެމައުލޫމާތަކީ މަތީ މިލިޓަރީގެ ބެލުމުގެ ދަށުން ހިނގާ ކަމެއް ކަމަށް ބުނެފައިވެއެވެ.

1990 ފެށިގެން އެއްވެސް އާންމު ކޯޓެއްގައި ސަލާމަތީ ބާރުތަކުން ކަޝްމީރުގައި ހިންގާފައިވާ ލާއިންސާނީ އަމަލުތަކުގައި ދައުވާ އުފުލިފައިނުވާ ކަމަށް ޔޫއެންގެ ރިޕޯޓު ބުނެއެވެ.

އަދި އަންޑިއާ-ކަޝްމީރުގައި ސަލާމަތީ ބާރުތަށް އާންމުން އެއްވާ އެއްވުންތަށް ހަމަޖެއްސުމަށް ޝޮޓު ގަން ބޭނުންކުރާކަމަށާ މި އީ އިންޑިއާގެ އެހެން އެއްވެސް ސަރަހައްދެއްގައި މުޒާހަރާތައް ކޮންޓްރޯލް ކުރަން ބޭނުން ކުރާ ހަތިޔާރެއް ނޫނެވެ. މިހެން ކަމުން ލިބޭ އަނިޔާއި މަރު އިތުރުވެގެން ދެ އެވެ.

އަދި މިރިޕޯޓުގައި ހިނގާފައި ހުރި ހާދިސާގެ ވާހަކަ ތެރެއިން ބުނެފައިވަނީ މެޓަލް ށޮޓު ގަންއިން އަނިޔާ ލިބެމުންދާ މީހުނަށް ފަރުވާދޭ ހޮސްޕިޓަލް ' ސިރިނިގަރް ޝިރި މަހާރަޖާ ހަރި ސިންހް ހޮސްޕިޓަލް' މި ހޮސްޕިޓަލުން 2016 އަހަރުން ފެށިގެން 2018 ވަނަ އަހަރާ ދޭތެރޭ މެޓަލް ށޮޓް ގަން ބޭނޫން ކޮއްގެން ލޯކަނު ކޮއްފައިވާ 1253 މީހުނަށް މި ހޮސްޕިޓަލުން ފަރުވާދީފައިވާ ކަމަށެވެ.

ޕާކިސްތާނުން ކޮންޓްރޯލް ކުރާ ކަޝްމީރު ސަރަހައްދުގައި ހުރި މައްސަލަތައް:

އަދި މިރިޕޯޓުގައި ކަޝްމީރުގެ އަނެއްފަޅި ޕާކިސްތާނު-ކަޝްމީރަށް ބަލާއިރު ހުރި މައްސަލަތައް ތަފާތުވެ.

ކަޝްމީރުގެ ޕާކިސްތާނު ފަޅީގައި ހުރި މައްސަލަ ތަކުގެ ތެރޭގައި ގިނައީ އާމުންނަށް ލިބެންޖެހޭ އަސަސީ ހައްގު ނުލިބުމާ، ބަސްބުނުމުގެ މިނިވަންކަން ނެތުމާ އަދި ސުލްހަވެރި އެއްވުންތަށް ބޭއްވުމުގެ މިނިވަންކަން ނުލިބުމެވެ.

ޕާކިސްތާނުގެ އެންޓި ޓެރަރިޒަމުގެ ގާނޫނުތަށް ބޭނުން ކޮއްފައިވަނީ ސިޔާސީ މީހުންނަށް އަމާޒުކޮށްގެން ކަމަށާ މިއީ ގާނޫނު ނުހައްގުން ބޭނުންކުރުން ކަމަށް ބުނެފައިވެއެވެ. މިގޮތުން ނެޝަނަލިސްޓު އެންޑް ޕުރޯ އިންޑިޕެންޑެންޑް ސިޔާސީ ޕާޓީއަށް އާންމުކޮށް މިކަމުގެ ބިރު ދައްކާކަމަށާ ބިރު އާންމުކޮއް ދައްކާފައިވަނީ އާއިލާ އަށާ ދަރިންނަށް ނިސްބަތްވާ ގޮތަކަމަށް ބުނެފައިވެއެވެ.

ޕާކިސްތާނު-ކަޝްމީރުގައި ނޫސްވެރިންއަށް ލިއުމުގެ މިނިވަންކަމަށް ހުރަސްތައް ހުރިކަމަށާ އަދި ނޫސްވެރިންނަށް ބިރުދެއްކުން ހިމެނޭ ކަމަށް ރިޕޯޓު ބުނެއެވެ. އަދި ޕާކިސްތާނު-ކަޝްމީރުގައި ގަސްތުގައި މީހުން ގެއްލޫވާލާފައި ހުރިކަމަށް އިތުބާރުކުރެވޭ ފަރާތަކުން ޔޫ.އެން ހިއުމަން ރައިޓްސް އޮފީހަށް މައުލޫމާތު ލިބިފައިވާ ކަމަށް ބުނެފައިވެއެވެ. މިގޮތަށް މީހުން ގެއްލުވާލަނީ ޕާކިސްތާނުގެ އިންޓަލިޖެންސް އެޖެންސީގެ އެހީތެރިކަމާއި ބައިވެރިވުމާއެކު ކަމަށް ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.

އިންޑިއާ-ކަޝްމީރުގައި ހަތިޔާރު އަޅައިގެން ހަރަކާށްތެރިވާ ހަތަރު ޖަމާއަތެއް އުޅެއެވެ. މިއީ ލަޝްކަރު އީ ތައްޔިބާ، ޖައިޝް އީ މުހައްމަދު، ހިޒިބުލް މުޖާހިދީން، ހަރަކަތް އަލް މުޖާހިދިންއެވެ. މި ހަތަރު ޖަމާއަތަކީވެސް ޕާކިސްތަން- ކަޝްމީރުގައި އުފެދިފައިވާ ޖަމާއަތް ކަމަށް ރިޕޯޓުގައި ބުނެފައިވެ.

ކިޔުންތެރިންގެ ހިޔާލު