އައިއޯއައިޖީ ރާއްޖޭގައި ބާއްވަން އެއްބާރުލުން ދޭން ސީޝެލްސް އިން ނިންމައިފި

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 2023 ގެ މުބާރާތުގެ ބިޑް ކާމިޔާބު ކުރުމަށް ރާއްޖެއިން ކުރާ މަސައްކަތައް އެއްބަރުލުން ދެއްވާނެކަމުގެ ޔަގީންކަން ޝީޝެލްސް އިން ދީފިއެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 2023 ގެ މުބާރާތުގެ ބިޑް ކާމިޔާބު ކުރުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހާއްސަ މަންދޫބުންގެ ގޮތުގައި، ޔޫތު ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް އާއި ފޮރިން އެފެއާޒް މިނިސްޓަރު އަބްދުﷲ ޝާހިދު ޝީޝެލްސް، ކޮމޮރޯސް އަދި މޮރިޝަސްއަށް ކުރައްްވާ ދަތުރު ފުޅެއްގައި ފުރާވަޑައިގަތީ ރޭއެވެ.

މަހުލޫފްް މިރޭ ވިދާޅުވީ، ޝީޝެލްސްގެ ރައީސް ޑެނީ ފައުރޭ ދިވެހިރާއްޖޭގައި އެ މުބާރާތް ބޭއްވުމަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އަރުވާފައިވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު