ހަ ދުވަސް ތެރޭ 1000 އަށްވުރެ ގިނަ މީހުން އައިޖީއެމްއެޗްގެ ފްލޫ ކްލިނިކަށް ދައްކައިފި

ހަ ދުވަސް ތެރޭ ހާހަކަށްވުރެ ގިނަ މީހުން އައިޖީއެމްއެޗްގެ ފްލޫ ކްލިނިކަށް ދައްކައިފިއެވެ.

ހަ ދުވަސްތެރޭ އައިޖީއެމްއެޗްގެ ފްލޫ ކްލިނިކަށް ދެއްކި މީހުންގެ ޖުމްލަ އަދަދަކީ 1،098 މީހުންނެވެ.

ރޯގާ ފަދަ ބަލިތައް އިތުރުވާތީ ފްލޫ ކްލިނިކް ހުޅުވީ މިމަހު 2 ވަނަ ދުވަހުއެވެ.

މި ދުވަސްވަރަކީ ގިނައަދަކަށް ރޯގާ އަދި ވައިރަލް ފީވާ ފެތުރެމުން އަންނަ ދުވަސްވަރެކެވެ.

މާބަނޑު މީހުން, ކުޑަކުދިން، އުމުން ދުވަސްވީ މީހުން ފްލޫ ވެކްސިން ޖެހުމަށް ސިއްހީ ހިދުމަތްދޭ ފަރަތްތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.

ޖޫން މަހު މެދުން ފެށިގެން އިންފްލުއެންޒާ ބީ އަންނަނީ އިތުރު ވަމުންނެވެ. މިގޮތުން 16 ޖޫން 2019 އިން ފެށިގެން ޓެސްޓު ކުރެވުނު ސާމްޕަލްގެ %40 ވަނީ ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަަން އެޖެންސީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު