ޑީޑީ ވަކިކުރަން މަޖިލީހަށް ހުށަހަޅަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ އެ ފަނޑިޔާރުގެ ގާނޫނީ ވަކީލުންގެ ޓީމް: ފޮޓޯ ވޮއިސް

ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން އިން ނިންމައިފިއެވެ.

މިގޮތަށް ޖޭއެސްސީން ނިންމީ ޑީޑީގެ މައްސަލަ ބަލާ ކޮމެޓީން އެކަމަށް އެދުމުންނެވެ.

ޖޭއެސްސީން ކޮށްފައިވާ ބޮޑެތި ތުހުމަތު ތަކެއް ގާ ސަސްޕެންޑު ކުރި ފަނޑިޔާރު އަބްދުﷲ ދީދީ ރާއްޖެއަށް އެނބުރި އައުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން އިން ދީފައިވާ މުއްދަތު އަންނަ ހުކުރު ދުވަހަށް ހަމަ ވާނެއެވެ.

އަބްދުﷲ ދީދީ އަށް ރާއްޖެއިން ބޭރަށް ދިޔުމަށް ދީނީ 15 ދުވަހެވެ. އޭނާ ފުރީ ޖޫން 28 ގައެވެ.

ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ހިމެނޭ މީހަކު ބަންދުން ދޫކޮށްލަން އަބްދުﷲ ދީދީ، ކުށުގެ ވެށީގައި ހިމެނޭ މީހަކު މުއާމަލާތް ކޮށްފައިވާކަން ވެސް ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށާއި، އަދި އެ މީހާ ވަނީ އަބްދުﷲ ދީދީ ބަންދުން ދޫކޮށްލާފައި ކަމަށް ވެސް ޖޭއެސްސީން ތަހުޤީޤްގައި ހާމަކޮށްފައި ވެެއެވެ.

މީގެ އިތުރުން ވެސް ސީރިއަސް ތުހުމަތު ތަކެއް އަބަދު ﷲ ދީދީގެ މައްޗަށް ވަނީ އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު