ގާސިމް ހިއްސާވާ ކުންފުންޏަކަށް ދައުލަތުން ދައްކަންޖެހޭ 130 މިލިއަން ރުފިޔާ ހަވާލުކޮށްފި

ޤާސިމް ރައީސް ޞާލިޙާއެކު ޙަފްލާއެއްގައި – ފައިލް ފޮޓޯ

ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ގުރޫޕުގެ ކުންފުންޏެއް ކަމަށްވާ ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އަށް ދައުލަތުން ދައްކަންޖެހޭ ފައިސާގެ ތެރެއިން ޓެކުހާ ޖޫރިމަނާއަށްވާ ފައިސާ ކެނޑުމަށްފަހު އެ ކުންފުންޏަށް 130 މިލިއަން ރުފިޔާ މިއަދު ހަވާލުކޮށްފިއެވެ.

މި ފައިސާއަކީ ކުރީގެ ރައީސް މައުމޫން އަބްދްގައްޔޫމް ގެ ވެރިކަމުގައި އުފެއްދި އެއާޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސް (އެއިމްސް) އިން ޑަބްލިއުއެލްޓީން އަށްް ތިން ރިސޯޓު ދޭން އެއްބަސް ބުމަށްފަހު އެ ރިސޯޓުތައް ދީފައި ނުވާތީ އެ ކުންފުނިން ކޯޓުގައި މައްސަލަ ޖައްސައިގެން ބަދަލުގެ ގޮތުގަ ހޯދި ފައިސާއެވެ.

މި މައްސަލާގައި ސުޕްރީމް ކޯޓުން މިއަހަރު މާޗް 28 ގައި ހުކުމްކުރީ، 29 މިލިއަން ޑޮލަރު ދައުލަތުން ޑަބްލިއުއެލްޓީއަށް ދެއްކުމަށެވެ.

އެޓާނީޖެނެރަލްގެ އޮފީހުން ކޯޓުން ބޭރުގައި މަޝްވަރާކޮށް އެ ފައިސާގެ އަދަދު ވަނީ 15 މިލިއަން ޑޮލަރަށް ކުޑަކޮށްފައެވެ. މިއަދު ހަވާލުކުރި 135 މިލިއަން ރުފިޔާއަކީ އެ ފައިސާގެ ތެރެއިން، އެ ކުންފުނީގެ ޓެކުހާ ޖޫރިމަނާއަށް ކެނޑުމަށްފަހު ހަވާލުލުރި ފައިސާއެވެ.

ކިޔުންތެރިންގެ ހިޔާލު