އެޗްޑީސީން ނެގި "ރަން" ވެލި ފުނި!

އެޗްޑީސީން ނެގި ކަމަށް ބެލެވޭ ޒާތުގެ “ރަން” ވެލިފުންޏެއް:–

ދިވެހިރާއްޖޭގެ ގުދުރަތީ ރީތި ކަން މަޝްހޫރު މިންވަރަށް ދިވެހިރާއްޖެ އެހެން ކަމެއްގައި ވެސް މުޅި ދުނިޔޭގައި ވަނީ މަޝްހޫރުކަން ހޯދާފައެވެ. އެއީ 'ސްޓޭޓް އޮގަނައިޒްޑް [ދައުލަތުން ރާވައިގެން ] ކަރަޕްޝަން' ހިންގުމެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ސްޓޭޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމެޓީގެ ބައްދަލުވުމުގައި ވަނީ މުޅިން ތަފާތު ވާހަކައެއް ހާމަވެފައެވެ. އެއީ ވެލި ފުންޏެއް ނެގުމަށް 19 މިލިއަން ރުފިޔާ އެ ކުންފުނިން ހަރަދު ކުރިވާހަކައެވެ.

އެ ވެލި ފުންޏަކީ ހުޅުމާލެ ފޭސް ވަން ގައި އޮސްޓްރޭލިއާ ކުންފުންޏަކުން އަޅަމުން އަންނަ ވޯޓާތީމް ޕާކުން ހުސްކުރި ވެލިފުންޏެކެވެ.

19 މިލިއަން ރުފިޔާ ދީފައި ވެލި ފުންޏެއް ހުސްކުރާނީ އެ ވެލި ފުންޔަކީ ނުހަނު އަގުބޮޑު "ރަން ފަދަ" ވެލިފުންޏަކަށް ވާނެތީއެވެ. އެހެން ނޫންނަމަ ވެލި ފުންޏެއް ހުސްކުރަން މިވަރު ބޮޑު އަދަދެއް ހޭދަކުރާނީ ކީއްކުރަންތޯއެވެ؟

މީގެ އިތުރުން ވެސް މިއަދު ހާމަވެފައިވާ އެޗްޑީސާއާއި ގުޅުން ހުރި އިތުރު މައްސަލަތަކުގެ ތެރެގާ "ފައިސާ ނެތް" ކުންފުންނުތައްކަށް ހިޔާ ފްލެޓްގެ ތިން މަޝްރޫއެއް ދިންކަން ވަނީ ދިވެހި މީޑިއާތަކަށް ހާމަވެފައެވެ.

އެގޮތުން އިމިގްރޭޝަން، އެމްއެންޔޫ އަދި އެމްޓީސީސީ ގެ ހިޔާ ފްލެޓްތައް ހަވާލުކޮށްފައިވަނީ އެއް ކުންފުންޏަކާއެވެ. އަދި އެ ކުންފުންޏަށް ވަނީ ދެ މިލިއަން ޑޮލަރު ނުވަތަ 30 މިލިއަން ރުފިޔާ ދޫކޮށްފައެވެ.

ކެޔޮކެއި ވަރު އިނގެނީ ބިތު ފަންގި ނެގީމައެވެ.

ކިޔުންތެރިންގެ ހިޔާލު