އިންޑިއާގައި ހިނގި ބަހުގެ އެކްސިޑެންޓެއްގައި 29 މީހުން މަރުވެއްޖެ.

އިންޑިއާގެ އާގްރާ ސިޓީގެ ހައިވޭއިން 50 ޕަސެންޖަރުން ގޮވައިގެން ދަތުރުކުރި ބަހެއް ވެއްޓި 29 މީހުން މަރުވެއްޖެކަމަށް އިންޑިއާގެ ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވާ ކަމަށް ލަފާކުރެވެނީ ޑްރައިވަރަށް ނިދުމުގެ ސަބަބުން ކަމަށެވެ. އަދި ވެއްޓިފައިވަނީ 12 މީޓަރު މަތިން ކަމަށާއި ވެއްޓީފައިވަނީ ބަހުގެ މަތި ތިރިއަށް ވާގޮތަށް ކަމަށެވެ. މި ހާދިސާގައި 29 މީހުން މަރުވެފައިވާއިރު 18 މީހުނަށް ވަނީ ކުދި ކުދި އަނިޔާތައް ލިބިފައެވެ.

ބަސް ދަތުރު ކޮށްފައިވަނީ ނިއުދިއްލީއިން އުއްތަރަ ޕްރަދޭޝްގެ ކެޕިޓަލް ލަކްނައޮ އަށެވެ.

ޔަމުނާ އެކްސްޕުރެސްވޭ ނަމަކަށް ކިއާ މި ހައިވޭ 2012 ގައި ހުޅުވާފައިވާއިރު މިހާތަނަށް މި ހައިވޭގައި 900 މީހުން އެކްސިޑެންޓު ވެގެން ވަނީ މަރުވެފައެވެ.

އިންޑިއާގެ ބައެއް ފާރާތުން ބުނާ ގޮތުގައި އެކްސިޑެންޓުގެ ސަބަބުން 150,000 މީހުން ކޮންމެ އަހަރަކު މަރުވާކަމަށެވެ. ސަބަބަކަށް ވެފައިވާނީ މަގުތަކުގެ ފެންވަރު ދައްވުމާއި އަދި ބާރު ސްޕީޑުގައި އުޅަދުއްވުމުގެ ސަބަބުންއެވެ.

 

ކިޔުންތެރިންގެ ހިޔާލު