12 އަހަރަށް ފަހު ކޮޕާ އެމެރިކާގެ ތަށި ބްރެޒިލް އިން އުފުލާލަިއިފި.

ކޮޕާ އެމެރިކާ 2019 ފައިނަލްގައި ރޭ ބްރެޒިލް އަދި ޕެރޫ ވާދަކޮށް 1-3 ބްރެޒިލް ވަނީ ކުރި ހޯދާ 12 އަހަރުފަހުން އެ ގައުމަށް ކޮޕާ އެމެރިކާގެ ތަށި ހޯދާދީފައެވެ.

ރޭ ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައިވަނީ ބްރެޒިލުންނެވެ. މި ލަނޑު ކާމިޔާބު ކޮށްފައިވަނީ މެޗުގެ 15 ވަނަ މިނިޓުގައި އެވަޓަން ސޯރެސްއެވެ. ނަމަވެސް ޕެރޫ އަށް 44 ވަނަ މިނެޓުގައި ލިބުނެ ޕެނަލްޓީ ޕައުލޯ ގުއެރޭރޯ ކާމިޔާބުކޮށް ނަތީޖާ އެވަރުކުރިއެވެ. ބުރެޒިލް އަށް ކުރިހޯދާދިން ލަނޑު ކާމިޔާބު ކޮށްފައިވަނީ ފުރަތަމަ ހާފުގެ 45 މިނިޓު ހަމަވެ އިތުރަށް ކުޅެން ލިބުނު ވަގުތުގައި ގެބްރިއެލް ޖީސަސްއެވެ.

މެޗުގެ 70 ވަނަ މިނެޓުގައި ގެބްރިއަލް ޖީސަސް ކުރި ފައުލަކާ ގުޅިގެން ވަނީ ރަތްކާޑު ދައްކާ ދަނޑުން ބާލާފައެވެ. ކުޅުންތެރިން މަދުކޮށް ކުޅެމުންއައި ނަމަވެސް މެޗުގެ 90 ވަނަ މިނެޓުގައި ބްރެޒިލް އަށް ވަނީ ޕެނަލްޓީއެއް ލިބި ރިޗާލިސަން ވަނީ މި ޕެނަލްޓީ ކާމިޔާބު ކޮށްދީ މެޗުގެ ސުކޯ 1-3 ބަދަލުކޮށް ބުރެޒިލް އަށް ތަށި ކަށަވަރު ކޮށްދީފައެވެ.

ކޮޕާ އެމެރިކާ 2019 އެންމެ މޮޅު ކުޅުން ތެރިއާގެ މަގާމު ހޯދާފައިވަނީ ބްރެޒިލްގެ ޑެނިއަލް އަލްވޭސްއެވެ.

މުބާރާރތުގެ ގޯލްޑެން ބޫޓު އަދި ފައިނަލް މުޗުގެ މޮޅުކުޅުންތެރިއާގެ މަގާމު ހޯދާފައިވަނީ ބްރެޒިލްގެ އެވަޓަން ސޯރެސްއެވެ.

އަދި މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމުވެސް ހޯދާފައިވަނީ ބްރެޒިލްގެ ގޯލް ކީޕަރު އެލިސަންއެވެ.

ކިޔުންތެރިންގެ ހިޔާލު