ސަން ޝިޔާމް އިރު ފުށީ ރިސޯޓުން މުވައްޒަފުންނަށް ސާވިސްޗާޖު ގެ ގޮތުގަ އެންމެ 130 ޑޮލަރު

ސަން ޝިޔާމް އިރު ފުށީ ރިސޯޓުން މުވައްޒަފުންނަށް ސާވިސްޗާޖު ގެ ގޮތުގަ އެންމެ 130 ޑޮލަރު މިދިޔަ ޖޫން މަހު ދީފިއެވެ.

މި ރިސޯޓަކީ ފައިވް ސްޓާ ރިސޯޓެކެވެ. އަދި 221 ކޮޓަރި މި ރިސޯޓުގަ ހުރެއެވެ. އަދި އެ ރިސޯޓުގަ 200 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެއެވެ.

އަދި މި ރިސޯޓަކީ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ގެ ރިސޯޓެކެވެ.

އެ ރިސޯޓުން 130 ޑޮލަރު ސާވިސް ޗާޖުގެ ގޮތުގައި ދިން ކަން ޔަގީން ވާ ފޮޓޯއެއް މި ނޫހަށް ވަނީ ލިބިފައެވެ.

ނިމިގެންދިޔަ ޖޫން މަހު ވެސް އެންމެ ގިނަ އަދަދަކަށް މުވައްޒަފުންނަށް ސާވިސް ޗާޖު ބެހި ރިސޯޓަކަށް ވެލާ ޕްރައިވެޓް އައިލެންޑް އެވެ. އެ ރިސޯޓުން ބޮލަކަށް 740 ޑޮލަރު ދިނެވެ.

ރިސޯޓު ތަކުގެ ސާވިސްޗާޖު ގާނޫނާ އެއްގޮތަށް ނުބަހާ މައްސަލަ ބަލާނެ ކަމަށް ބުނުމަށް ފަހު ސަރުކާރުން އެކަމާ ނޫޅޭ ކަމުގެ ޝަކުވާ އަންނީ ގިނަބަޔަކު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

  1. ކަޑަ

    ސަންސިޔާމް އިރުވެލީގަވެސް ދިނީ އެންމެ 183 ޑޮލަރު. އެކަމަކު އޮކިޔުޕެންސީ 60% ަަަަަަަަަަަަަަަަަަަަ އަށްވުރެމަތި..

  2. ސޮއްޕެ

    ބަލަނީ އެހެންތަނެއް