ރައީސް ޔާމިން ދައުލަތަށް 'އިންޒާރު' ދިން ކަމަށް ބުނާ މައްސަލައެއް މަޖްލިސްއަށް

ރައީސް ޔާމިން ދައުލަތަށް އިންޒާރު ދިން ކަމަށް ބުނެ މަޖިލީހަށް ކުއްލި މައްސަލައެއް ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ހުށަހަޅުއްވައިފިއެވެ. 

ބާރެއް ލިބިވަޑައިގަންނަވާ ދުވަހަކުން ސަރުކާރުގެ އެއްބަސްވުންތައް "އެފުށުން މިފުށަށް" ޖަހާނެ ކަމަށް ވިދާޅުވުމަކީ ދައުލަތަށް އިންޒާރު ދެއްވުން ކަމަށް މައްސަލަ ހުށަހަޅުއްވަމުން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވިއެވެ.

ރައީސް ޔާމިން މިހެން ވިދާޅުވީ ކާނިވާ ސަރަޙައްދުގައި އިދިކޮޅު ކޯލިޝަނުން ބޭއްވި ބައްދަލުވުމެއް ގައެވެ.

މި މައްސަލާގައި އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ވަރަށް ބޮޑަށް ނުރުހުން ފާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު