ދިރާގުން މީހަކަށް 27,000 ރުފިޔާގެ ބިލެއް ފޮނުވައިފި

ދިރާގުން މީހަކަށް 27,000 ރުފިޔާގެ ބިލެއް ފޮނުވައިފިއެވެ.

މީހަކު ސޯޝަލް މީޑިއާގައި ބުނެފައިވަނީ ދިރާގުން އޭނާ ދަރުވާލައިފިކަމަށެވެ. އަދި އޭނާ އަށް 8 މަހުގެ ބިލު ފޮނުވިއިރު ދިރާގުގަ ހިދުމަތައް އެދެނުނީ ޑައިރެކްޓް ޑެބިޓްގެ ދަށުން ކަމަށެވެ. ޑައިރެކްޓް ޑެބިޓަކީ އަމިއްލައަށް ކޮންމެ މަހަކު ބިލަށް ފައިސާ ދެއްކޭ ހިދުމަތެކެވެ.

އަދި އޭނާއަށް 8 މަހުގެ ބިލު އެއް ފަހަރާ ފޮނުވުމުން ދިރާގަށް ދިއުމުން ފުރަތަމަ މަހަށް ފަހު ހިދުމަތް މެދު ކަނޑާލަން ހަނދާން ނެތުނީކަމަށް ބުނެފައިވާކަމަށެވެ.

ޑައިރެކްޓް ޑެބިޓްގެ ދަށުން ހިދުމަތައް އެދުނު ނަމަވެސް އެ ރެކުއެސްޓު ދިރާގުން ބޭންކަށް ނުފޮނުވާކަމަށް އޭނާ ބުނެއެވެ.

އަދި ހަ މަސް ދުވަހަށް ބިލު ބަހާލައިގެން ދެއްކުމަށް ދިރާގުން ވަނީ އޭނާއަށް އަންގާފައެވެ.

"މީތޯ މިކަން އޮމްނަންޖެހޭ ގޮތަކީ؟ ދިރާގުގެ މިސްޓޭކުގެ ފައިސާ ދައްކަން ޖެހޭނީ އަޅުގަނޑައްތަ؟" އޭނާ ސޯޝަލް މީޑިއާގައި ދިރާގާ ސުވާލުކޮށްފައިވެއެވެ.

އިންޓަނެޓުގެ އަގު ހެޔޮ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ގެ ވައުދެކެވެ. ނަމަވެސް ދިރާގުން ވެސް އަދި އުރީދޫންވެސް އަތް ފޯރާ ފަށަށް އިންޓަނެޓުގެ އަގު ހެވެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު