އިންޑޮ ނޭޝިއާއަސް އައި ބިން ހެލުމުގެ އަސަރު ރާއްޖެއަށްް ނުކުރުނާނެ: މެޓް އޮފީސް 

ފޮޓޯ މެޓް އޮފީސް:–

އިންޑޮނޯޝިއާއަށް އައިސްފައިވާ ބާރުގަދަ ބިން ހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެކަމަށް މޯލްޑްވްސް މީޓްރޮލޮޖިކަލްސާވިސް (މެޓް) އޮފީހުން ހާމަކޮށްފިއެވެ.

އެ ފޮފީހުން ބުނީ، ބިންހެލުން އައިސްފައިވަނީ، އިންޑޮނޭޝިއާގެ މަލުއްކާއަށް ކަމަށެވެ. އެއީ ރާއްޖެއާ 5871 ކިލޯ މީޓާރު ދުރު ހިސާބެއްކަމަށް އެ އޮފީހުން ބުނެއެވެ. އަދި އެ ބިންހެލުމުގެ އަސަރު ރާއްޖެއަށް ކޮށްފާނެކަމަށް ނުބެލެވޭކަމަށް މެޓް އޮފީހުން ބުނެއެވެ.

މި ބިން ހެލުމާ ގުޅިގެން އިނޑޮނޭޝިއާގެ ބައެއް ސަރަހައްދުތަކަށް ވަނީ ސުނާމީގެ އިންޒާރު ދީފައެވެ.

އިންޑޮނޭޝިއާއަށް ބާރުގަދަ ބިންހެލުމެއް އައި އިރު، އިއްޔެއާ މިއަދު އެމެރިކާގެ ކެލިފޯނިއާއަށް ވެސް ވަނީ ބާރު ގަދަ ބިންހެލުންތަކެއް އައިސްފައެވެ.

ކިޔުންތެރިންގެ ހިޔާލު