މުންޑޫ ރައްޔިތުންގެ ހައްގުގަ ދެ ކޮމިޝަނުން ކޯޅެނީ!

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއާ، ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީއަށް އިލެކްޝަންސް ކޮމިޝަން، (އީސީ) ފަރާތުން ވަނީ އިންފޮމޭޝަންސް ކޮމިޝަނު (އައިސީ) ގެ މައްސަލައެއް ހުށަހަޅާފައެވެ.

މި މައްސަލައަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިދާރީ ދާއިރާތައް ކަނޑައެޅިއިރު ހައްދުއްމަތީ ގަމު ދާއިރާގައި އިތުރު ދާއިރާއެއް ހެދުމަށް ބޭނުން ނުވާކަމަށް ބުނެ ލ. މުންޑޫގެ 46 ރައްޔިތުން ހުށަހަޅާފައިވާ ޕެޓިޝަނެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަނުގައި މުންޑޫ ކައުންސިލުން އެދުމުން، އެ މައުލޫމާތު ހާމަކުރަން ނުފެންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުން، އިންފޮމޭޝަން ކޮމިޝަން ކޮމިޝަނުން އެ ޕެޓިޝަން ހޯދުމަށް ތަކުރާރުކޮށް އެދޭތީ ހުށަހެޅި މައްސަލައެވެ.

އިލެކްޝަންސް ކޮމިޝަނުން މި މައްސަލާގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، އެ ޕެޓިޝަން ހާމަ ކުރުމަށް ދެކޮޅު ހަދާ ސަބަބަކީ، އިލެކްޝަންސް ކޮމިޝަނަށް މުންޑޫ ކައުންސިލްގެ ޔައުމިއްޔާއެއް ލިބިފައި އޮތުމެވެ.

އެ ޔަައުމިއްޔާގައި ޕެޓިޝަނުގައި ސޮއި ކުރި މީހުން ހޯދައި ފެޓިޝަނުގައި ސޮއިކުރި  ރައްޔިތުންނާމެދު ފިޔަވަޅު އަޅަން ފެންނަކަމަށް ކައުންސިލަށް ލަފާދޭ ކޮމެޓީގެ މެމްބަރެއް ބުނެފައިވާކަން އެ ޔައުމިއްޔާއިން ހާމަވާކަމަށެވެ.

ނަމަވެސް އިންފޮމޮމޭޝަަން ކޮމިޝަނާ އަބްދުއްލް އަޒީޒް ޖަމާލް އަބޫބަކުރް ނިންމަވާފައިވަނީ  އެ ޔައުމިއްޔާ އިންފޮމޭޝަން ކޮމިޝަަނަނަށް ނުލިބޭ ކަމަށެވެ. އަދި އެ ޕެޓިޝަނަކީ ހާމަކުރަން ފެންނަ ޕެޓިޝަނެއް ނޫންކަން ނިންމޭނީ، ޔައުމިއްޔާ ލިބުނު ނަމަ އެ ޕެޓިޝަންގެ ބައެއް ސިއްރު ކުރަންޖެހޭނެކަން އެނގިލެއް ވީސް ކަމަށެވެ. އަދި މައުލޫމާތު ހަމަކުރަންޖެހޭތޯ ނުވަތަ ނޫންތޯ ނިންމުމުގެ ބާރު އޮންނަނީ އިންފޮމޭޝަން ކޮމިޝަނަރަށް ކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވަނީ 'މައުލޫމާތު ހޯދަ ލިބިގަތުމުގެ ގާނޫނުގެ' ދަށުން ބޮޑަށް ބާރު އަޅަނީ މައުލޫމާތު ހާމަކުރުމަށް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނަނީ ޕެޓިޝަން ހާމަކޮށްފިނަމަ މުންޑޫ ރައްޔިތުން ތަކެއްގެ ހައްގުތަކެއް ގެއްލިދާނެކަމަށެވެ.

މިއަދު ބޭއްވި ހިއުމަންރައިޓްސް ކޮމެޓީގެ ބައްދަލުވުމުގާ ވަނީ އެ މައުލޫމާތަކީ ހާމަކުރަން ޖެހޭ މައުލޫމާތުކަމަށް ނުފެންނަކަމަށް ނިންމާފައެވެ.

މި މައްސަލާގައި ފާހަގަ ކޮށްލަންޖެހޭ ކަމަކީ އިލެކްޝަންސް ކިމިޝަނުން ބުނަމުން ގެންދަނީ 100 ވަރަކަށް މީހުން ދިރިއުޅޭ މުންޑޫގެ 46 މީހުންގެ ޕެޓިޝަނެއް ކައުންސިލަށް ދީފިނަމަ އެމީހުންގެ ހައްގުތައް ގެއްލޭނެކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނުން ބުނަނީ މުންޑޫ ކައުންސިލަށް ޕެޓިޝަނުން އުނި ކުރަންޖެހޭ ބައިިތައް އުނިކުރުމަށްފަހު ނަމަވެސް އެ ޕެޓިޝަން ހޯދުމުގެ ހައްގު އެބައޮތްކަމަށެވެ.

ދެ ކޮމިޝަނުންވެސް ތެދުވެ ތިބީ މުންޑޫ ރައްޔިތުންގެ ދިފާއުގައި ކަމަށް ދެ ކޮމިޝަނުން ވެސް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު