މަޖްލިސް މެމްބަރުން ވެސް ޖަލްސާތަކުގައި ބައިވެރި ނުވާނަމަ ލިބޭނެ އަދަބެއް ކަނޑައަޅައިފި

މަޖްލިސް މެމްބަރުން ނަށް ވެސް ޖަލްސާތަކުގައި ބައިވެރި ނުވާނަމަ ލިބޭނެ އަދަބެއް ކަނޑައަޅައިފިއެވެ.

ޖަލްސާތަކަށް މަގުބޫލު އުޒުރެއް ނެތި ހާޒިރު ނުވާ މެމްބަރުންގެ މުސާރައިން ކަނޑަކަނޑަން ގަވާއިދު ކޮމެޓީން މިއަދު ފާސްކޮށްފިއެވެ.

އެ ކޮމެޓީން މިއަދު ފާސްކޮށްފައިވަނީ ކޮންމެ މަހަކު ދެބައިކުޅައެއްބައި ޖަލްސާއަށް ހާޒިރު ނުވާ މެމްބަރުންގެ މުސާރައިގެ ދެބައިކުޅައެއްބައި ކަނޑާލުމަށެވެ.

މަޖްލިސްމެމްބަރަކަށް މުސާރައާ އެލަވަންސްތަކާއެކު 82000 ރުފިޔާ ލިބިވަޑައިގަންނަވައެވެ.

 

ކިޔުންތެރިންގެ ހިޔާލު