އެމެރިކާގެ ކެލިފޯނިއާގެ ކައިރި ހިސާބުތަކަށް ބާރުގަދަ ބިން ހެލުންތަކެއް

އެމެރިކާގެ ކެލިފޯނިއާ ސްޓޭޓަށާ އަދި ކާރި ހިސާބުތަކަށް އެކި ވަރުގެ ބިންހެލުންތަކެއް ވަނީ މިދިއަ ބުރާސްފަތި ދުވަހުން ފެށިގެން އަރަން ފަށާފައެވެ.

ޔޫ.އެސް ޖިއޮލަޖިކަލް ސާވޭ ޖިއޯފިސިސިސްޓް ޖޯން ބެލީނީ ބުނެފައިވާނީ މިހާތަނަށް 4700 ބިންހެލުން ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެ މިހާތަނަށް އަރާފައެވެ. އަދި ހުކުރު ދުވަހު ކެލިފޯނިއާގެ ރިޑޖްކުރެސްޓް ސިޓީއަށް ވަނީ 7.1 މެގްނެޓިއުޑުގެ ބިންހެލުމެއް އަރާފައެވެ. މި ބިންހެލުމާ ގުޅިގެން އިތުރު 3000 ބިންހެލުން، މެގްނެޓިއުޑުގެ ގޮތުގައި 1 ވުރެ މަތިން ވަނީ އަރާފައެވެ. އަދި 5 މެގްނެޓިއުޑުގެ 3 ބިންހެލުން އަރާފައިވޭ.

"މި ބިންހެލުންތަށް އާދޭ ކޮންމެ 30 މިނިޓުތެރޭ ކަހަލަ ގޮތަކަށް" ޖޯން ބެލީނީ ބުނެފައިވެއެވެ.

މި ބިން ހެލުންތަކާއި ގުޅިގެން ބޮޑެތި ގެއްލުން ލިބިފައިވަނީ ރިޑޖްކުރެސްޓް ސިޓީއަށެވެ. އަދި މީގެ އިތުރުން ކެލިފޯނިއާގެ އިތުރު ސަރަހައްދުތަކަކަށާ މެކްސިކޯ އަށްވެސް ވަނީ މިބިން ހެލުމުގެ އަސަރު ކޮށްފައެވެ.

މިބިންހެލުމުގެ ސަބަބުން އާންމުނަށް ވަނީ ބޮޑެތި ގެއްލުން ލިބިފައި ކަމަށާ އަދި ބިންހެލުމުގެ ސަބަބުން އަލިފާނުގެ ހާދިސާތަކެއްވެސް ހިނގާފައިވާ ކަމަށް ކެލިފޯނިއާއިން ހާމަކޮށްފައިވެއެވެ. ނަމަވެސް އެއްވެސް ފަރާތެއް މަރުވެފައިވާކަމަށް އަދި ހަބަރު ލިބިފައި ނުވާކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓުރަމްޕް ވަނީ ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމްގެ އެދުމުގެ މަތިން އެސުޓޭޓުގައި ކުއްލި ހާލަތު އިއްޔެގެ ވަގުތެއްގައި އިއުލާން ކޮށްފައެވެ. ގެވިން ނިއުސަމް ބުނެފައިވަނީ ކެލިފޯނިއާގެ ހުރިހާ ރައްޔިތުން ވެސް މިކަމަށް ސަމާލުވެ، ރައްކާތެރި ހިސާބުތަކަށް ދިއުމަށާއި އަދި ބިންހެލުން އަންނަ ކަމަށްވާނަމަ ގެދޮރު ދޫކޮށް މަގުމަތީގައި ތިބުމަށެވެ.

ކެލިފޯނިއާ އިންސްޓިއުޓް އޮފް ޓެކްނޮލަޖީ ސެއިސްމޯލަޖިސްޓް އެގިލް ހޯކުސަން ބުނެފައިވަނީ ކެލިފޯނިއަކީ ބިންހެލުން އަންނަވަރު ގިނަ ކަމުން ދުނިއޭގެ ބިންހެލުމުގެ ވެރިރަށް ކަމަށް ކުރިންވެސް ނިންމާފައިވާ ކަމަށެވެ. ސަބަބަކީ ކުރިން ފެށިގެން ވެސް ކުޑަ ބިންހެލުންތަކުގެ އަސަރު އަބަދުވެސް ކުރަމުން ދާތީއެވެ. ނަމަވެސް މި ފަހަރު މިއައީ ހައިރާން ކުރާހާވެސް ބޮޑު އަދި ފާއިތުވެދިއަ 20 އަހަރުތެރޭވެސް ދިމާވެފައި ނުވާ ވަރުގެ ބިންހެލުމެއްކަމަށެވެ. މިބިން ހެލުން އަދިވެސް ކުރިއަށް ދާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް ހޯކުސަން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު