ކޮޕާ އެމެރިކާގެ ތަށި ވަނީ ބްރެޒިލަށް ދީފަ– މެސީ

ރޭގަ ކުޅުނު ކޮޕާ އެމެރިކާގެ 3 ވަނަ ހޮވާމެޗުގައި އާޖެންޓީނާއި ޗިލީ ވާދަ ކޮށް 2-1 އާޖެންޓީނާ ވަނީ މުބާރާތުގެ ތިންވަނަ ކަށަވަރުކޮއްފައެވެ. މެޗު ކުޅުމުގެތެރެއިން ފުރަތަމަ ހާފުގެ 37 ވަނަ މިނިޓުގައި ހިނގި ކޯޅުމެއްގެ ސަބަބުން އާޖެންޓީނާގެ ލިއޮނަލް މެސީއަށާއި އަދި ޗިލީގެ ގެރީ މެޑެލް އަށް ވަނީ ރެފްރީ ރަތް ކާޑު ދައްކާފައެވެ.

މެޗު ނިމި މުބާރާތުގެ ތިންވަނަ ލިބުމުން ދޭ މެޑަލް ހޯދަން މެސީ ވަނީ ހާޒިރުނުވެފައެވެ.

މިކަމާ ބެހޭ ގޮތުން މެސީއާ ރިޕޯޓަރުން އިންޓަވިއު ކުރުމުން މެސީ ބުނެފައިވަނީ މި ފަހަރުގެ ތަށްޓަކީ މުބާރާތް ހިންގާ މީހުން ބްރެޒިލް އަށް ދޭންނިންމާފައިވާ ތަށްޓެއްކަމަށާ އަދި މެޗުގެ ރެފްރީންއާ އޮފިޝަލުން ވީއާރު ނުބަލާ ކަމަށެވެ. މެސީ ބުނީ މިރޭގެ މެޗުގައިވެސް ރަތް ކާޑު ލިބެން ޖެހުނު ސަބަބެއްވެސް ނޭގޭ ކަމަށެވެ. ލަފާ ކުރެވޭ ގޮތުގައި މި ރަތްކާޑަކީ ކުރީ މެޗުގައި ރެފްރީންނާ އޮފިޝަލުންގެ މައްސަލަ ޖެއްސުމުން އެކަމުގެ ބަދަލުގެ ގޮތުގައި ދީފައިވާ އެއްޗެކަމަށާއި މި މުބާރާތް މި ފަހަރުވަނީ ކޮރަޕްޓުވެފައި ކަމަށް މެސީ ބުނެފައިވެއެވެ.

އަދި މެސީގެ އުންމީދަކީ ފައިނަލުގައި ޕެރޫ އަށް މިކަހަލަ ކަންތަކާ ކުރިމަތި ލާން ނުޖެހުން ކަމަށް ބުނެފައިވެއެވެ.

މި މެޗުގައި އާޖެންޓީނާއަށް ފުރަތަމަ ލަނޑު ކާމިޔާބު ކޮއްދީފައިވަނީ 12 ވަނަ މިނިޓުގައި ސާޖިއޯ އަގުއޭރޯ އަދި ދެވަނަ ލަނޑު ކާމިޔާބު ކޮއްދީފައިވަނީ 22 ވަނަ މިނިޓުގައި ޕައުލޯ ޑިބާލާއެވެ. ޗިލީއިން ޖެހި ލަނޑު ކާމިޔާބު ކޮއްދީފައިވަނީ 59 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީ އަކުން އަރުތުރޯ ވިޑާލް އެވެ.

މި މުބާރާތުގެ ފައިނަލް ބްރެޒިލްއާ ޕެރޫ މިރޭ ވަނީ ކުޅެން ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު