އޭސީސީގެ އާ ނައިބު ރައީސް އަކީ މިންނާ

އެންޓި ކޮރަޕްޝަންގެ ކޮމިޝަން (އޭސީސީ) ގެ ނައިބު ރައީސްގެ މަގާމަށް އެ ކޮމިޝަންގެ މެންބަރު އައިމިނަތު މިންނާ އައްޔަން ކޮށްފިއެވެ.

މިންނާ އެ މަގާމަށް އައްޔަނު ކުރީ ކުރިން އެ ކޮމިޝަންގެ ނައިބް ރައީސް މުއައްވިޒް އެ ކޮމިޝަންގެ ރައީސް ކަމާ ހަވާލުވެ ވަޑައިގަތުމުންނެވެ.

މުއައްވިޒް ކޮމިޝަންގެ ރައީސް ކަމާ ހަވާލުވެ ވަޑައިގަތީ ކުރިން އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ އިސްތިއުފާ ދެއްވުމުންނެވެ.

ލުުތުފީ އިސްތިއުފާ ދެއްވީ އޮފީހަށް ވަޑައިނުގެން މުސާރަ ނަންގަވާ މައްސަލާގައި އޭނާ މަގާމުން ދުރުކުރުމަށް މަޖިލީހުން މަސައްކަތް ފެށުމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު