މިޔަންމާގައި 2 އަހަރުގެ އަންހެން ކުއްޖަކު ސްކޫލުގައި ރޭޕު ކުރި މައްސަލާގައި މުޒާހަރާ ކުރަނީ

ފޮޓޮ އޭއެފްޕީ:–

މިޔަންމާގައި 2 އަހަރުގެ އަންހެން ކުއްޖަކު ސްކޫލުގައި ރޭޕު ކުރި މައްސަލާގައި މުޒާހަރަމުން އެބަގެންދެއެވެ.

2 އަހަރާ 11 މަހުގެ ކުޑަ އަންހެން ކުއްޖަކު ރޭޕު ކުރި މައްސަލާގައި އިންސާފު ހޯދައި ދިނުމަށް އެގައުމުގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުގެ ހެޑްކުއާޓާ ކުރިމަތީގައި މުޒާހަރާކުރަމުން އަންނަ މުޒާހަރާހައި 6000 އަށްވުރެ ގިނަ މީހުން ބައިވެރިވެއެވެ.

އެމީހުން މުޒާހަރާ ކުރަމުން ގެންދަނީ މިއަހަރު މޭމަހު ހިނގި މި އަމަލާ ގުޅިގެން އަދިވެސް އިންސާފު ނުލިބޭކަމަށް އެ ކުޑަ އަންހެން ކުއްޖާގެ ބައްޕަ ހޮނިހިރު ދުވަހު ހާމަކުރުމުންނެވެ.

"އަދިވެސް މި މައްސަލާގަ އިންސާފުނުލިބޭ. އަޅުގަނޑުގެ ދަރިފުޅު ރޭޕުކުރީ އެ ކުއްޖާ ކިޔަވަންދާ ސުކޫލުގައި މޭ މަހުގެ 16 ވަނަ ދުވަހު. އަޅުގަނޑު ވަގުތުން މައްސަލަ ފުލުހަށް ވެސް ހުށަހެޅިން،"

އެ ކުޑަ އަންހެން ކުއްޖާ ރޭޕު ކޮށްފައިވާ ކަން ހާމަވެފައިވަނީ އޭނާ ސްކޫލުން ގެއަށް އައިއިރު ލިބިފައި ހުރި ޒަހަމްތައް ޑޮކްޓަރައް ދެއްކުމުން އެއީ ރޭޕު ކުރުމުގެ ސަބަބުން ލިބުނު ޒަހަމްކަމަށް ޑޮކްޓަރު ބުނުމުންނެވެ.

ޑޮކްޓަރުގެ ރިޕޯޓުވެސް ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

އިންސާފު ނުލިބޭތީ މުޒާހަރާ ކުރަން ފެށުމުން، މިޔަންމާގެ ފުލުހުންގެ ޑެޕިއުޓީ ޗީފް ބުނެފައިވަނީ އެކަމާ ގުޅިގެން ބުދަ ދުވަހު 29 އަހަރުގެ އައުންގް ކިޔޯ މިޔޯ، ނަމަކަށް ކިޔާ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ރޭޕުގެ ދައުވާ ކޮއްފައިވާ ކަމަށެވެ. ނަމަވެސް ކުއް އޭނާގެ މައްޗަށް ސާބިތު ނުވުމުގެ ސަބަބުން އޭނާ  ކޯޓުން ދޫކޮށްލީ ކަމަށެވެ.

ހިއުމަން ރައިޓް އެކްޓިވިސްޓް ނިކޭ ޑައިމަންޑް މި މުޒާހަރާގައި ބައިވެރި ވެފައިވެއެވެ. ނިކޭ ޑައިމަންޑް ބުނެފައިވަނީ މިކަން އެގައުމުގެ ސަރުކާރުން ބަލާ އިންސާފު  ހޯދާދޭންޖެހޭނެ ކަމަށެވެ.

މުޒާހަރާގެ ބައިވެރިން 'ޖަސްޓިސް ފޯ ވިކްޓޯރިއާ' ޖަހާފައި ހުރި ބެނާތަކާ ޓީޝާޓު ބޭނުން ކޮއްފައިވެއެވެ. އަދި އިތުރުން ސޯޅަލް މީޑިއާގައި ވެސް މިކަމާ ގުޅޭގޮތުން ހަރަކާއްތައް ކުރިއަށް އެބަދެއެވެ.

އެގައުމުގެ ސަރުކާރުގެ ތަރުޖަމާނު ޕާސަން ޒޯ ހިތޭ ސޯށަލް މީޑިއާ ފޭސްބުކުގައި ބުނެފައިވަނީ ސަރުކާރުން ވެސް ބޭނުންވަނީ މިކަމުގައި އެ ކުއްޖާއަށް އިންސާފު ހޯދައިދިނުމަށް ކަމަށާ ނަމަވެސް އެކަމަށް ވަގުތު ނަގާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު