ފުލުހުން އަނިޔާ ކުރި މައްސަލަ މަޖްލިސްް ކޮމެޓީއަށް

ހުކުރު ދުވަހުގެރޭ ފުލުހުން ވަދެ ހިންގި އޮޕަރޭޝަނެއްގައި ތުހުމަތު ކުރެވޭ މީހާއަށް އަނިޔާ ކުރި މައްސަލަ ރައްޔިތުންގެމަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ބަލަން ނިންމައިފިއެވެ.

މި މައްސަލަ އާއި ގުޅޭ ކޮމެޓީގެ ބައްދަލުވުން އޮތީ މާދަމާ ހަވީރު 17:00 ގަ އެވެ.

މި މައްސަލާގަ އަނިޔާ ކުރި ފުލުހުން ސަސްޕެންޑު ކުރުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ނިންމަވާފައެވެ.

އަދި މި މައްސަލަ ފުލުހުންގެ ފަރާތުުން، ހިއުމަން ރައިޓްސް ކޮމިޝަން އަދި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން އަށް ވަނީ އެ އޮަޕަރޭޝަންގައި ހިމެނޭ އޮފިސަރުންގެ ނަން ހުށަހަޅައި އެ މައްސަލައެއްގައި ހިމެނޭ އެ މުއައްސަސާއެއްގެ އިހްތިސާސް ހިނގާ މައްސަލަތައް ބަލައި ދިނުމަށް ވަނީ އެދިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު