ސްޕެއިން ގައި 54 މީހުން ބަރަހާނަ ހާލުގައި މުޒާހަރާ ކުރަނީ

ފޮޓޯ ޑެއިލީ މެއިލް: —

ސްޕެއިންގައި ކޮންމެ އަހަރެއްގައި އޮންނަ ގެރި މެރުމަށް ބާއްވާ ފެސްޓިވަލާ ދެކޮޅަށް ބަރަހަނާ ހާލުގައި ތިބި 54 މީހުން މުޒާހަރާ ކުރަމުން އެބަގެންދެއެވެ.

މި މުޒާހަރަގައި ދެ ޖިންސުގެ މީހުން ވެސް ބައިވެރިވެއެވެ.

މުޒާހަރާ ކުރާ މީހުންނަކީ "އެނިމަލް ކުރުއާލިޓީ" ނުވަތަ ޖަނަވާރުންނަށްް އަނިޔާ ކުރުމާ ދެކޮޅު މީހުންނެވެ.

އެމީހުން ބަރަހަނާ ހާލުގައި މުޒާހަރާ ކުރަމުން ގެންދަނީ ޕަންޕްލޯނާ ގެ ސިޓީ ހާލް ކުރިމަތީގައެވެ.

ގެރިތައް މެރުމަށް އޮތް ފެސްޓިވަލް އޮތީ އަންނަ ހަފްތާގައެވެ.

އެމީހުން ގެންދަނީ މަރުވެފައި ހުރި ގެރިތަކެއް ބިން މަތީގައި މަރުވެފައި ހުރި ގެރި ކުރަހައި އޭގެ މަތީގައި ތިބެގެން މި ފެސްޓިވަލް ކުރިއަށް ނުގެންދިއުމަށް ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު