ކުޑަކުދިންގެ ހަވާލުގަ އަބަދު ވެސް ބެލެނިވެރިއަކު ހުރުން ވަރަށް މުހިންމު: ޖެންޑާ މިނިސްޓާރ

ކުޑަކުދިންގެ ހަވާލުގަ ބަދުވެސް ބެލެނިވެރިއަކު ހުރުން މުހިންމު ކަމަށް ޖެނޑާ މިނިސްޓާ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓާ ވިދާޅުވީ، މިއަދު ގެނބިގެން ކުޑަަކުއްޖަކު ނިޔާވި ހަބަރު އަޑު އެއްސެވީ ފުން ހިތާމައަކާއެކު ކަމަށެވެ.

"މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކާ ކުޑަކުދިންގެ ޙަވާލުގައި އަބަދުވެސް ބެލެނިވެރި ފަރާތެއް ހުރުން ވަރަށް މުހިންމު،"

މިއަދު ކ. މާފުށީގައި ހިނގި މި ހާދިސާ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ޗުއްޓީ ހޭދަކުރަން އާއިލާއެކު ގޮސް އުޅުނު އެ ކުއްޖާ ގެނބިގެން މާފުށީ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް، އެ ކުއްޖާގެ ހަރަކާތެއް ނެތްކަމަށް ފުލުހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު