"ރާއްޖެ އެހެން ގައުމުތަކަށް ބަރޯސޯވަނީ ގައުމީ ސަލާމަތައްޓަކައި"

ދިވެހި ރާއްޖެ އެހެން ގައުމުތަކަށް ބަރޯސޯވަނީ ގައުމީ ސަލާމަތައްޓަކައި ކަމަށާއި، އެހެން ގައުމުތަކާ ވަކިވެ ގަނެގެން ތިބުމަކީ ކުރާނެ ކަމެއް ނޫން ކަަމަށް،  ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ސްޓްރެޓިޖިކް ނިއުސް ޗެނަލް (އެސްއެންއައި) އަށް ދެއްވި އިންޓަވިއުއެއްގައި ޝަމާލް މިހެން ވިދާޅުވީ ޗައިނާގެ އަސްކަރީ ބޭހެއް ދިވެހިރާއްޖޭގައި އަޅާފާނެތޯ ސުވާލުކުރުމުންނެވެ.

އިންޑިއާގެ ވާދަވެރި ޗައިނާއާއި ގުޅޭގޮތުން އިންޑިއާގެ ނޫސްވެރިން ދިވެހި ރާއްޖޭގެ ދައުލަތުގެ އިސްވެރިންނާ ސުވާލުކުރުމަކީ އާންމުކޮށް ކޮށްއުޅޭކަމެކެވެ.

މިގޮތުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝަމާލް ވިދާޅުވީ، ޝަމާލް ވިދާޅުވި ގޮތުގައި ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށްވުމަކީ ވެސް ބޭރު ގައުމުގެ އެހީ ހޯދަން ޖެހޭ ކަމެކެވެ.

އެގޮތުން މިސާލެއްގެ ގޮތުން ޗީފް އޮފް ޑިފެންސް ފޯސް، ވަނީ ޗައިނާއާއި އިންޑާއި އޮތް ވިޔަފާރީގެ ގުޅުމަށް އަލި އާޅުވައްލާފައެވެ. އެހެން ކަމުން ދިވެހިރާއްޖެވެސް އެކި ކަންކަމުގައި ދުނިޔޭގެ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރާނެކަަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖެ އިން އެކި ކަންކަމުގައި (ގައުމުތަކާ) ގުޅިގެން މަސައްކަތް ކުރަން އެބަ ޖެހޭ. އަޅުގަނޑުމެން ވަކިވެ ގަނެގެން ތިބުމަކީ ކުރާނެ ކަމެއް ނޫން،"

މީގެއިތުރުން އުތުރު ދިވެހިރާއްޖެ އެކިއެކި ގައުމުތަކަށް ބަރޯސާވާކަމަށާއި، އެއީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތައްޓަކައި ކުރާކަމެއްކަމަށާއި، ބަރޯސާ ވުމުގެ ބޭނުމަކީ ދިމާވާ ތަފާތު ކަންކަމުގައި އެކިގައުމުތަކުގެ އެހީ ހޯދުންކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު