ދިވެހި ދައުލަތުގެ އަނިޔާވެރި ސަގާފަތް ނައްތާލަންޖެހޭ

ރައީސް ނަޝީދުގެ ވެރިކަން ބަގާވާތަކުން ފުރޮޅާލުމުން އެކަމާ ދެކޮޅަށް ނުކުތުމުން މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް އަނިޔާކުރަނީ: ފޮޓޯ ސަން
ދިވެހި ތާރީޙު ގެ ތެރޭގައި ލިޔެވިފަވާ ވާހަކަ ތަކުގެ ތެރޭގަ "ދައުލަތުގެ އަނިޔާވެރިކަމުގެ" ވާހަކަ އަކީ އެންމެ ފުރިހަމައަށް ލިޔެވިފައިވާ އެއް ވާހަކައެވެ.
ރަސްކަން ކުރެއްވި އެތައް ރަދުންނަކާ އެތައް ރަނިންނެއް ހިންގި ލާއިންސާނީ ޢަމަލުތަކުގެ ވާހަކަ ލިޔަން އެތައް ދުވަހެއް ނަގާނެއެވެ.
ފަހުގެ ތާރީޙު ގައި ރައީސް މުޙައްމަދު އާމީން އިން ފެށިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާ ހަމައަށް ވެސް މި އަނިޔާވެރިކަމުގެ ސަގާފަތް ދެމިގެން ދިޔަ ކަމަށް ރޭ ހިނގާދިޔަ ފަދަ ހާދިސާތައް ތަކުރާރުވާނަމަ ކަމަށް ކުރިއަށް އޮތް ތަނުގައި ތާރީޙުގެ ވާހަކަ ދައްކާ މީހުން ބުނާނެ އެވެ.
ކޮންމެ ބޭފުޅަކު މި ގައުމުގެ ވެރިކަމުގައި ހުއްޓަސް އަނިޔާ ކޮށްދޭނެ ބަޔަކު ތިބެގެން ނޫނީ އަނިޔާ ނުކުރެވޭނެކަން ޔަގީނެވެ.
ރޭ އަދި މިއަދު ޝޯޝަލް މީޑިއާ ގުގުމާލަމުން ދަނީ ރޭ ފުލުން ހިންގި އޮޕަރޭޝަނެއްގައި ފުލުންގެ "ގޭންގަކުން" މީހަކަށް އަނިޔާ ކުރިވާހަކައެވެ.
އާންމުންގެ މީހަކު މާރާމާރީ ހިންގައިފި ނަމަ އެމީހަކު ހައްޔަރު ކުރެއެވެ. އެހެން ނަމަވެސް ފުލުހުންގެ ބެޖު ހިފައިގެން ތިބެ އެތައް ގާނޫނީ ނުކުތާ ތަކެއް މުގުރާލި އިރުވެސް އެމީހުން ހައްޔަރު ނުކުރީ ކީއްވެ ތޯ ގާނޫނީ ވަކީލުން ނާ އާންމުން އަންނަނީ ސުވާލު އުފައްދަމުންނެވެ.
ހާނިއްކައިގެ ފޮޓޯ ތައް އަންނީ ޝޯޝަލް މީޑިއާގައި ދައުރުވަމުން ނެވެ. މި ފޮޓޯ ތަކުން ހާމަކޮށްދޭ ކަމެއް އެބައޮތެވެ. އެއީ ދިވެހި ފުލުންގެ ތެރޭގަ އަނިޔާކުރުމުގެ ސިޔާސަތެއް އެބައޮތް ކަމެވެ.

ރައީސް މުޙައްމަދު ނަޝީދު ގެ ވެރިކަން ބަގާވާތަކުން ބަދަލުކޮށްލުގެ ތެރޭގައި 2012 ވަނަ އަހަރުގެ ފެބުރުއަރީ 7 އަދި 8 ވަނަ ދުވަހުވެސް ސަލާމަތީ ބާރު ތަކުން ހާއްސަކޮށް ފުލުހުން ވަނީ އާންމު ރައްޔިތުންނަށް ރޯމާދުވާލު އަނިޔާކޮށް ފައެވެ.
އަނިޔާ ލިބުނު ބޭފުޅުންގެ ތެރޭގަ މިހާރުގެ ކެބިނެޓު މިނިސްޓަރުންގެ އިތުރުން މަޖްލިސް މެމްބަރުން ނާ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނެނީ ވަޑައިގަންނަވައެވެ.
ދިވެހި ރާއްޖޭގައި ދައުލަތުގެ ފަރާތުން ދައްކާ އަނިޔާވެރިކަން ނިމުމަކަށް ގެ ނަމުގައި އެންމެ އިސް ދައުރެއް އަދާ ކުރެވޭނީ ދައުލަތުގެ އެންމެ އިސްވެރިޔާ ރައީސުލްޖުމްހޫރިއްޔާއަށެވެ.
ރާއްޖޭގައި އޮތް އަނިޔާވެރިކަމުގެ ސަގާފަތް ނައްތާލައްވަން ރާއީސް ސާލިހު ވެސް އެދިލައްވާނަމަ 7 ފެބުރުއަރީ 2012 އިން ފެއްޓެވުން ބުއްދިވެރި އެވެ.
ބަޣާވާތައްފަހު އެއައި ދުވަސްތަކަކީ ފުލުހުންގެ އަނިޔާވެރިކަން އެންމެ ގަދަޔަށް ފެނިގެންދިޔަ ދުވަސްތައް. ޔޫޓިއުބް ސާޗް ކޮށްލުމުން އެދުވަސްވަރުގެ އެތައް ވީޑިއޯއެއް ފެނަނަން އެބައޮތް.