އަނިޔާކުރި ފުލުހުންގެ 'ގޭންގް' ހައްޔަރު ކުރަންޖެހޭ: ޝުނާނާ

ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގެއަކަށް ވަދެ ތުހުމަތު ކުރެވޭ މީހާއަސް އަނިޔާކުރި 'ފުލުހުން ގެ ގޭންގް' ވެސް އެފަދަ އެހެން ކުށްވެރިންނެކޭ އެއްގޮތަށް ހައްޔަރު ކުރަންޖެހޭ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުގެ ސްޓޭޓް ކައުންސެލް ގެ މަގާމު ކުރިންް އަދާކުރެއްވިި މަރިޔަމް ޝުނާނާ ވިދާޅުވެއްޖެއެވެ.

ޝުނާނާ އަކީ މިހާރު ޕަބްލިކް އިންޓަރެސް ލޯ ސެންޓާ ގެ ގާނޫނީ ވަކީލެކެވެ.

"މިފަދަ އެހެން ކުށްވެރިންނެކޭ އެއްގޮތަށް ފޮލިސް ގޭންގެ ވެސް ހައްޔަރު ކުރަންޖެހޭ. ސަސްޕެންޝަނަކުން ނުފުދޭނެ،"

ރޭ ފުލުހުން ކޯޓު އަމުރެއްގެ ދަށުން ހިންގި އޮޕަރޭޝަނެއްގައި ކުލަ ހެދުމުގައި ތިބެ ތުހުމަތު ކުރެވޭ މީހަކަށް އަނިޔާ ކުރުމުގައި ޝާމިލުވާ ފުލުހުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ސަސްޕެންޑު ކުރައްވާފައެވެ.

ފުލުހުންގެ ފަރާތުން ވަނީ މި ވީޑިއޯގައި ހިމެނޭ އިޮފިސަރުންގެ މައުލޫމާތާއެކު ހިއުމަން ރައިޓްސް ކޮމިޝަނާ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް މައްސަލަ ހުށަހަޅައި ތަހުގީގު ކުރުމަށް އެދިފައެވެ.

ޝޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ މި ވީޑިއޯގައި ބުނެފައިވަނީ،، މި އޮޕަރޭޝަން ހިންގާފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓް މަންޓުން ކަމަށެވެ. އަދި ބަލައި ފާސް ކޮށްފައިވަނީ، މ. އުޖާލާގެ ކިޔާ ގެއެއް ކަމަށެވެ.

ވީޑިއޯ ކުރިކަމަށް ބުނެ އަނިޔާކުރި ފުލުހުން އެމްޑީޕީގެ ސެކެރެޓަރާ ޖެނެރަލް އަަނަސް އަބްދުއް ސައްތާރު ދިރިއުޅުއްވާ އެޕާޓުމަންޓަށް ވެސް ރޭ ވަދެ، ވީޑިއޯ ކުރިތޯ ސުވާލުކޮށް، ފޯނު ބަލައި ވީޑިއޯތަށް ޑިލީޓް ކުރަން އެދިފައިވާކަމަށް އޭނާ ވެސް ވަނީ ހާމަކުރައްވާފައެވެ. އެ މައްސަލަވެސް ފުލުހުން ގެންދަނީ ބަލަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު