އަނަސްްގެ ގެއަށް ވެސް އަނިޔާކުރި ފުލުހުން ވަތް

ވީޑިއޯ ކުރިކަމަށް ބުނެ އަނިޔާކުރި ފުލުހުން އެމްޑީޕީގެ ސެކެރެޓަރާ ޖެނެރަލް އަަނަސް އަބްދުއް ސައްތާރު ދިރިއުޅުއްވާ އެޕާޓުމަންޓަށް ވެސް ރޭ ވަދެ، ވީޑިއޯ ކުރިތޯ ސުވާލުކޮށް، ފޯނު ބަލައި ވީޑިއޯތަށް ޑިލީޓް ކުރަން އެދިފައިވާކަމަށް އޭނާ ހާމަކުރައްވައިފިއެވެ.

އަނަސް މިރޭ ވިދާޅުވެފައިވަނީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަނިޔާކުރި ވީޑިއޯއިން ފެންނަނީ އޭނާ ދިރިއުޅުއްވާ ގޭ ދޮރު މަތީގައި ހުންނަ ގެެއެއްކަމަށެވެ.

"މި އޮފިސަރުންނާާމެދު އުސޫލުގެ ތެރެއިން އަމަލުކުރައްވާނެކަމަށް ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވެފާ ވާތީ ޝުކުރު ދަންނަވަން،"

މިރޭ ފުލުހުން ކޯޓު އަމުރެއްގެ ދަށުން ހިންގި އޮޕަރޭޝަނެއްގައި ކުލަ ހެދުމުގައި ތިބެ ތުހުމަތު ކުރެވޭ މީހަކަށް އަނިޔާ ކުރުމުގައި ޝާމިލުވާ ފުލުހުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ސަސްޕެންޑު ކުރައްވާފައެވެ.

ހަމީދު މިރޭ ވިދާޅުވީ، މިރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކުލަ ހެދުމުގައި ތިބި ފުލުހުން ބާރުގެ ބޭނުންކޮށްގެން ތުހުމަތު ކުރެވޭ މީހަކު ހައްޔަރު ކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ފެނިލެއްވި ކަމަށެވެ.

ފުލުހުންގެ ފަރާތުން ވަނީ މި ވީޑިއޯގައި ހިމެނޭ އިޮފިސަރުންގެ މައުލޫމާތާއެކު ހިއުމަން ރައިޓްސް ކޮމިޝަނަށް މައްސަލަ ހުށަހަޅައި ތަހުގީގު ކުރުމަށް އެދިފައެވެ.

ޝޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ މި ވީޑިއޯގައި ބުނެފައިވަނީ،، މި އޮޕަރޭޝަން ހިންގާފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓް މަންޓުން ކަމަށެވެ. އަދި ބަލައި ފާސް ކޮށްފައިވަނީ، މ. އުޖާލާގެ ކިޔާ ގެއެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

  1. ައަސްލުމިހަ

    މަސްތުވާ ތަކެތީގެ މައްސަލައަކީ މިއަދު މުޅިމިޤައމަށްދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަށްވީހިނދު މިކަން ހުއްޓުވަން ރެއާދުވާލު މަސައްކަތްކުރާ ފުލުހުންނަކީވެސް ހަމަ އިންސާނުންނެވެ. ފުލުހުންނަށް ހަމަ އައްސަރިބަހާ ސާބަސް.

  2. ސައްމާހު

    ފުލުހުންނަށްވެސް މީހުންގެ ގަޔަށް އަތްލުމުގެ ބަރެށް ނޯންނާނެ. ކޮމިޝަނަރ އޮފް ޕޮލިސް އަށް ސެލިއުޓް ނަގަން ތިމަސްއަލަ ބަލައި އެފުލުހުންނާ މެދު އަޅަން ގެލޭ ފިޔަވަޅު އަޅުއްވަން ނިންމެވީތީ

  3. ކްރިޓިސައިޒާ

    ކުލަ ހެދުމުގަ އެކަންޔެއްނޫން ޔުނިފޯމް ލައިގެން ވެސް ހުރި ފުލުހެއް.