ދުނިޔޭގެ ތަރިކައިގެ ލިސްޓުގަ އިރާގުގެ ބެބިލޯން ޔުނެސްކޯއިން ހިމަނައިފި

ޔުނެސްކޯ އިން އިރާގުގެ ބެބިލޯން ހަޟޯރަތުގެ ވެރިރަށް އޮތް ސަރަހައްދު ދުނިޔޭގެ އާސާރީ ތަރިކައިގެ ލިސްޓަށް ލާފިކަމަށް އެ ޖަމިއްޔާއިން މިއަދު ހާމަކޮށްފިއެވެ.

1983 އަހަރުން ފެށިގެން އިރާގު ވަނީ މިސަރަހައްދު އާސާރީ ތަރިކައެއްގެ ގޮތުގައި ބަލައިގަތުމަށް އިރާގުން އަންނަނީ އެދެމުންނެވެ.

ބެބިލޯން އަކީ ދުނިއޭގަ އިހުޒަމާނުގައި ރަސްކަން ކުރި  ގަދީމީ ތަންތަނުގެ ތެރެއިން އެންމެ ދުވަސްވެފައިވާ އަދި މިހާރު ވެސް ލޮލަށް ފެންނަންހުރި އިމާރާތްތައް އެންމެ ގިނަ އެއް ސަރަހައްދެވެ. އަދި އިހު ޒަމާނުގައި ހަޞޯރާތެއްގައި އެންމެ ގިނަ މީހުން ދިރިއުޅެނު ހަލޯޟޯރަތަކީ ވެސް ބެބިލޯން އެވެ.

މި ސަރަހައްދު އޮންނަނީ ފުރާތު ކޯރުގެ ބައެއްވެސް ހިމެނޭ ގޮތަށެވެ. އަދި ވެރިރަށް ބަގްދާދުގެ 100 ކިލޯމީޓަރު ދުރުގައެވެ.

ބެބިލޯންގެ އިތުރުން 35 ގައުމެއް އެ ލިސްޓަށް ލުމަށް ޔުނެސްކޯއިން މިއަދު ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު