އަނިޔާކުރި ފުލުހުުން ސަސްޕެންޑު ކުރާނަން: ކޮމިޝަނާ އޮފް ޕޮލިސް

މިރޭ ފުލުހުން ކޯޓު އަމުރެއްގެ ދަށުން ހިންގި އޮޕަރޭޝަނެއްގައި ކުލަ ހެދުމުގައި ތިބެ ތުހުމަތު ކުރެވޭ މީހަކަށް އަނިޔާ ކުރުމުގައި ޝާމިލުވާ ފުލުހުން ސަސްޕެންޑް ކުރާނެކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ހަމީދު މިރޭ ވިދާޅުވީ، މިރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކުލަ ހެދުމުގައި ތިބި ފުލުހުން ބާރުގެ ބޭނުންކޮށްގެން ތުހުމަތު ކުރެވޭ މީހަކު ހައްޔަރު ކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ފެނިލެއްވި ކަމަށެވެ.

ފުލުހުންގެ ފަރާތުން ވަނީ މި ވީޑިއޯގައި ހިމެނޭ ފޮފިސަރުންގެ މައުލޫމާތާއެކު ހިއުމަން ރައިޓްސް ކޮމިޝަނަށް މައްސަލަ ހުށަހަޅައި ތަހުގީގު ކުރުމަށް އެދިފައެވެ.

ޝޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ މި ވީޑިއޯގައި ބުނެފައިވަނީ،، މި އޮޕަރޭޝަން ހިންގާފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓް މަންޓުން ކަމަށެވެ. އަދި ބަލައި ފާސް ކޮށްފައިވަނީ، މ. އުޖާލާގެ ކިޔާ ގެއެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

  1. އަލީ ރިޒާ

    އަނިޔާކުރުން ބަލައެއް ނުގަނެވޭނެ އަނިޔާކުރި ފުލުހުން ނައް ޙައްޤު އަދަބު ލިބެން ވާނެ މިގޮތައް ނުހައްގުން ކިތައް މީހުނަށް އަނިޔާދީފަ ވާނެ