އޮއްތޮ ގެ އެސްޑިންޑު ސިޔާސީ ކުރާތީ ހިތާމަކުރަން: ނައުފާ

ހުޅުމާލޭގައި 2018 ވަނަ އަހަރުގެ މޭ މަހު 28 ވަނަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޑުގައި އަނިޔާވި އުމަރު (އޮއްތޮ) ސަލީމާ ގެ މައްސަލަ ސިޔާސީ ކުރާކަމަށް ދިފާޢީ ވަކީލުން ބުނާތީ އެކަމާ ހިތާމަ ކުރާކަމަށް އޭނާގެ އަންހެނުން، ފާތިމަތު ނައުފާއާާ ބުނެފިއެވެެ.

އެކްސިޑެންޓުގައި ސިކުނޑިއަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން އުމަރަށް އަދިވެސް ރަނގަޅަށް ހިނގައިބިނގައެއް ނޫޅެވެއެވެ. އިހުސާސްތައް އެންމެ ފުރިހަމަ އަށް ބޭރުނުކުރެވޭއިރު ވާހަކަ ދެއްކުން ވެސް ފަސޭހައެއް ނޫނެވެ.

އެކްސިޑެންޓު ވީއިރު ދެ މީހުންގެ ކުޑަކުއްޖަކު ވެސް ހުރެއެވެ.

މި އެކްސިޑެންޑުގެ މައްސަލަ މިހާރު ހިނގަމުން އަންނަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައެވެ.

"ދިފާޢީ ވަކީލަށް ކިހިނެއްތޯ އަޅުގަނޑުމެން އިސްސާފު ހޯދުމަށް ކުރާ މަސައްކަތް ސިޔާސީ ކުރާނީ؟ އަދި އަޅުގަނޑުމެން 'އަންފެއާ އެޑްވާންޓޭޖް' ގެ ބޭނުން ހިފަން އުޅެނީ އޭ ބުނެވޭނީ؟ މިހާރު އެމީހުން އަޅުގަނޑުގެ ފިރިމީހާ އަށް ތުހުމަތުކޮށް ލައިސަންސު ހިފަހައްޓާފަ ވަނިކޮށް ބަލާލުމެއް ނެތި ދުއްވި މީހާގެ އެއްވެސް ކުށެއް ނެތްކަމަށް ބުނަނީ. މިކަމުގައި ރުއިން ނޫން ކަމެއް އަޅުގަނޑަށް ކުރެވޭ ކަށް ނެތް،"

އޮއްތޮއަކީ މަޝްހޫރު ކޯޗު އަދި ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ) ގެ ހުރި ހަމައެކަނި ދަރިފުޅެވެ.

މި މައްސަލަ ހުޅުމާލޭ ކޯޓުން ބަލަން ފަށާފައިވާ ވަނީ އެކްސިޑެންޑުގެ ހިނގިތާ 1 އަހަރާ 2 ދުވަސް ފަހުންނެވެ. އެ އަޑުއެހުން ކެންސަލް ކުރީ ދަޢުވާ ލިބޭފަރާތުގެ ގެ ވަކީލު ގެ އެހެން އަޑުއެހުމެއް ކޯޓުގައި އޮތުމުން ނެވެ.

ފުރަތަމަ އަޑުއެހުން ބޭއްވުނީ ޖޫން 20 ވަނަ ދުވަހު އެވެ.

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި މިއަދު ހެނދުނު ބޭއްވި އަޑުއެހުމުގައި ދައުވާ ލިބޭ އާދަމް އިމްޖާދުގެ މައްޗަށް ދައުލަތުން އުފުލީ މީހަކަށް އަނިޔާއެއް ދިނުުމުގެ ކުށުގެ ދައުވާ އެވެ.

މަގުމަތީގައި ހިނގާ އެކްސިޑެންޓު ތަކާ މެދު މީހުން ހޭލުންތެރި ކުރަން އޮއްތޮ އާ އޭނާގެ އަންހެނުން ތަފާތު ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

  1. ނަން ނެތް މީހާ

    ޗަކަ ވަޅުގައިއޮވެވެސް ދައްކާނީ
    އެހެންމީހެއްގެ ގައިގަ ހުރި ކިލާކޮޅެއްގެ ވާހަކަ. ތިމާގެ ކުށް ފޮރުވަން އެހެންމީހުންނޭ ކިޔައިގެން ވާހަކަ ދެއްކި އިރު އެހެން ހިތަކަށް ނާރާ ދެއްތޯ!