އިންތިހާބުތަކުގަ އަންހެނުންނަށް ވަކި އަދަދަކަށް ކޯޓާ ކަނޑައަޅަންޖެހޭ: ޖެންޑާ މިނިސްޓަރު

އަންހެނުންނަށް އިންތިހާބުތަކުގަ ވަކި އަދަދަކަށް ކޯޓާ ކަނޑައަޅަން ތާއީދު ކުރާކަމަށް އިލެޝަންސް ކޮމިޝަން އިން ތާއީދު ކުރުމުން މިނިސްޓާ އޮފް ޖެންޑާ އެންޑް ފެމިލީ ސިދާތާ ޝަރީފް އެކަމަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ އަންހެނުންގެ އަޑު އިއްވައި، އަންހެނުންނާ ގުޅޭ ސިޔާސަތުތައް އެކުލަވައިލުމަށް އަންހެނުންގެ ބައިވެރިވުން ހޯދެން އޮތީ ދިވެހިރާއްޖެއަށް ކޯޓާގެ ނިޒާމު ތަޢާރަފު ކުރެވިގެން ކަމަށެވެ.

"‏އަންހެނުންގެ އަޑުއިއްވައި، އަންހެނުންނާ ގުޅޭ ސިޔާސަތުތައް އެކުލަވައިލުމަށް އަންހެނުންގެ ބައިވެރިވުން ހޯދެން އޮތީ ދިވެހިރާއްޖެއަށް ކޯޓާގެ ނިޒާމު ތަޢާރަފު ކުރެވިގެން. އިލެކްޝަންސް ކޮމިޝަންގެ ތިޔަ އިސްނެންގެވުމަށް މަރުޙަބާ!". މިނިސްޓާރ ޝިދާތާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަންހެނުންނަށް ވަކި އަދަދެއްގެ ކޯޓާއެއް ކަނޑައެޅުމަށް ތާއީދުކުރާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ ބުނެފައެވެ.

އިންޓަނޭޝަނަލް ސެންޓާ ފޯ ޕާލިމެންޓްރީ ސްޓަޑީސް (އައިސީޕީއެސް) އިން ބާއްވާ އިންޓަނޭޝަނަލް އިލެކްޓޯރަލް އެފެއާޒު ސިމްޕޯޒިއަމްގެ 18 ވަނަ ބައްދަލުވުން ހުޅުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެ ކޮމިންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ މަޖިލިސް އިންތިހާބުގައި އަންހެނުންނަށް ވަކި އަދަދެއްގެ ކޯޓާއެއް ކަނޑައެޅުމަށް ތާއީދުކުރާ ކަމަށާއި ނަމަވެސް އެއީ އެ ކޮމިޝަނުން ނިންމަން ޖެހޭ ނިންމުމެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު