ފުރަތަމަ އަންހެން ފަނޑިޔާރު ޝުޖޫން ވެސް ބާ ކައުންސިލްގެ އަށް ކުރިމަތިލައްވައިފި

ރާއްޖޭގެ ފުރަތަމަ އަންހެން ފަނޑިޔާރުކަމަށް 2007 ވަނަ އަހަރު އައްޔަނު ކުރެވުނު ދެ ބޭފުންތެރޭގައި ހިމެނިވަޑައިގަންނަވާ އައިޝާ ޝުޖޫން ވެސް ބާާ ކައުންސިލްގެ އެގްޒެެކެޓިވް ކޮމެޓީއަށް ކުރިމަތިލައްވައިފިއެވެ.

ޝުޖޫން އަކީ ކަރަޕްޝަން އާ ދެކޮޅަށް މަސައްކަތް ކުރައްވާ ލާމަސީލު ބޭފުޅެކެވެ.

މިގޮތުން އޭނާ ސިވިލް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުގައި ހުއްޓާ ބަޔަކު އޭނާއަށް ފަސް މިލިއަން ޑޮލަރު ހުށަހެޅުމުން އެކަން 'ހެއްޔަން ބޯ ޕްރޮގްރާމުގައި' ހާމަކުރައްވާފައެވެ.

ހޭޔަންބޯ" އަށް ޝުޖޫން ދެއްވި އިންޓަވިއުގައި ވިދާޅުވެފައި ވަނީ މީހަކު އޭނާއަށް ރިޝްވަތުގެ ގޮތުގައި ފަސް މިލިއަން ޑޮލަރު ހުށަހެޅި ކަމަށެވެ. އަދި ފަނޑިޔާރުން ރިޝްވަތު ނުހިފާ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ރިޝްވަތު ހުށަހަޅާ ނަމަ ހިފާ ބަޔަކު ވެސް ތިބޭނެ ކަމަށް ބުނެވިދާނެ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ފަނޑިޔާރުކަމުގެ މަގާމުން ޝުޖޫން އިސްތިއުފާ ދެއްވީ 2014 ވަނަ އަހަރުގެ ޑިސެމްބަރ ގައި އެއީ ފަނޑިޔާރުން ރިސްވަތުގެ ނަގާކަމަށް ދޭހަވާގޮތަށް އޭނާ ދެއްކެވި ވާހަކަ ޖުޑިޝަލް ސާވިސް ކޮމިޝަން އިން ބަލަން ފެށުމުން ނެވެ.

އޭނާ މަގާމުން އިސްތިއުފާދެއްވާފައި ވަނީ ސުޕްރީމް ކޯޓުގެ ފުރަތަމަ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނު ފަނޑިޔާރު ކަމުން ވަކިކުރުމަށް ޖޭއެސްސީ އާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން އެކަމާ ދެކޮޅަށް ސިވިލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ގަރާރެއް ނެރުނު މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަނުން ބަލަމުން ވެސް ދަނިކޮށެވެ. އެ ގަރާރުގައި ޝުޖޫން ވެސް ވަނީ ސޮއިކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު