ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން "އަމީނީ ޑައިމަންޑް ޖުބްލީ ރަން" ގައި ބައިވެރިވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަޙްމަދު "އަމީނީ ޑައިމަންޑް ޖްބްލީ ރަން" ގައި ބައިވެރިވެވަޑައިގެންފިއެވެ. މި ހަރަކާތަކީ ދުޅަހެޔޮ ސިއްޙަތަކަށް އަމާޒުކޮށް އަމީނިއްޔާ ސްކޫލުން އިންތިޒާމްކޮށްގެން އެ ސްކޫލުގެ 75 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ބޭއްވެވި ހަރަކާތެކެވެ.

މި ހަރަކާރުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އިތުރުން ބައެއް އަންހެން ވަޒީރުންނާއި އަމީނިއްޔާ ސްކޫލުގެ އިސްް ދަރިވަރުންނާއި، މިހާރުގެ ދަރިވަރުންނާއި ސްކޫލުގެ މުވައްޒަފުން ހިމެނިގެން 2500 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މި ހަރަކާތަކީ މި އަހަރު ސްކޫލުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވެވި އެންމެ ބޮޑު ހަރަކާތެވެ.

ކިޔުންތެރިންގެ ހިޔާލު