މާލޭގަ ކޮތަރުތައް ފުޅިމަދު ކާ ވީޑިއޯއެއް އާންމު ވެއްޖެ

މާލޭގަ ކޮތަރުތައް ފުޅިމަދު ކާ ވީޑިއޯއެއް އާންމު ވެއްޖެއެވެ.

"ޕްލާސްޓިކް ނޫން ގޮތެއް" ނަމުގައި ހިންގާ ޓްވިޓާ އެކައުންޓުން މިއަދު އާންމު ކުރި ވީޑިއޯ ގައި ފެންނަނީ މާލޭ ރާޅުގަނޑު ސަރަހައްދު ގައި ތިބި ކޮތަރުތައް ފުޅިމަދު ކާތަނެވެ.

އެއްފަހަރު ބޭނުންކުރުމަށް ފަހު އުޖާލާ ޕްލާސްޓިކް އަދި ފުޅިމަދު ފަދަ ތަކެތި އެހެން ދިރޭތަކެއްޗަށް ކާނާ ކަމަށް ހީކޮށް ކައި ހަދައެވެ.

ޕްލާސްޓިކް އަދި ފުޅިމަދު ކައިފަ ހުންނަ މަސް ފަދަ ތަކެތި ކެއުމުން އިންސާނުން ވިހަވެއެވެ.

އަދި ޕްލާސްޓިކު ކޮތަޅު ފަދަ ތަކެތި ބޭނުން ކުރުމަށް ފަހު އެއްލާލުމުން މުރަކަ ތަކުގައި ކޮތަޅު ތައް އޮޅި ފަރުތައް ހަލާކުވެއެވެ.

ރާއްޖެއިން 2025 ވަނަ އަހަރުން ފެށިގެން ޕްލާސްޓިކް ބޭނުން ކުރުން އެއްކޮށް ހުއްޓާލަން މަޖިލީހުން ވަނީ ގަރާރެއް ފާސްކޮށްފިއެވެ. އޭގެ ކުރިން 2020 ވަނަ އަހަރު ރާއްޖޭގައި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލަން ވެސް ގަރާރުގައި ގޮވާލައެވެ.

ކިޔުންތެރިންގެ ހިޔާލު