"އެގްރީމަންޓު ތަކާ ކުޅެން ރައީސް ޔާމީނަށް ވެރިކަން ހަވާލެއް ނުކުރާނެ" 

އެގްރީމަންޓްތައް އެފުށް މިފުށަށް ޖަހަން ވިދާޅުވުމަކީ ރައީސް ޔާމީނަށް ރައްޔިތުން ވެރިކަން ނުދޭނެ އެއް ސަބަބު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެގްރީމަންޓްތައް އެފުށް މިފުށަށް ޖެހުމުން ދައުލަތަށް ލިބުނު މާލީ ގެއްލުން އެތައް ބިލިއަނަކަށްް ރުފިޔާއަކަށް އަރާފައިވާާކަމަށެވެ.

"ރައީސް ޔާމީންގެ ވެރިކަމުގައި ޒިންމާދާރުކަން ނެތި، އެގްރީމަންޓްތައް އެފުށް މިފުށަށް ޖެހުމުން ދައުލަތަށް ލިބުނު މާލީ ގެއްލުން އެތައް ބިލިއަނަކަށް އަރާފައިވާ އިރު، ރައްޔިތުންނަށް ލިބޭ ގެއްލުމަށް ބަލައިލުމެއް ނެތި އަނެއްކާވެސް އެގްރީމަންޓްތައް އެފުށް މިފުށަށް ޖަހަން ވިދާޅުވުމަކީ ރައީސް ޔާމީނަށް ރައްޔިތުން ވެރިކަން ނުދޭނެ އެއް ސަބަބު،" ނަޝީދު ވިދާޅުވީ އެވެ.

ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި އެއްވުމެއްގަ ކުރީގެ ރައީސް އަބްދުﷲ ޔާމިން ވިދާޅުވީ އަދުގެ ސަރުކާރުގެ އެެއްބަސްވުންތައް އެ މަނިކުފާނު ވެރިކަމަށް ވަޑައިގެން އުވާލައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު