ޗައިނާ އަސްކަރިއްޔާއަށް އެހީތެރި ނުވަން: ގޫގުލް

ޗައިނާގެ އަސްކަރީއާއަށް ޓަޗް ސްކްރީނުގެ ފަހުގެ ޓެކްނަލޮޖީ ފޯރުކޮށް ދިނުމުގައި އެހީތެރިވެފައި ވާކަމަށް ޗައިނާ އަސްކަރިއްޔާއިން ދެއްކި ވާހަކަތައް ގޫގުލް އިން ދޮގު ކޮށްފިއެވެ.

ޗައިނާގެ ސަރުކާރުގެ އެންމެ ބޮޑު ސައިންސް އިދާރާއިން ބެއެޖިންގައި ބޭއެއްވި އަސްކަރީ، ބޭސްފަރުވާ، އަދި އިލްމަށް ކުރި ދިރާސާއެއްގައި ގޫގުލްގެ މަތީ ފަންތީގެ އާޓިފިޝަލް އިންޓަލިޖެންސުގެ ސައިންސެރިޔެއް ބައިވެރިވެފައި ވާ ކަމަށް މީގެ ހަފްތާއެއް ކުރިން ބުނެފައެވެ.

ގޫގުލްގެ ސްޕޯކްސް ޕާސަން މިއަދުގެ ވަގުތެއްގައި ބުނެފައިވަނީ ޗައިނާގެ އަސްކަރިއްޔާއަށް މިޓެކްނޮލަޖީ ދިރާސާ ކޮށްދިނުމުގައި ގޫގުލްގެ ބައިވެރިވެފައިނުވާނެ ކަމަށެވެ. ނަމަވެސް ގޫގުލްގެ ސައިންސްވެރިއެއް ޗައިނާގެ ބޭއްވި ދިރާސާއެއްގައި ބައިވެރިވެފައިވާނެކަަމަށެވެ.

ގޫގުލް އިން ބާވެރިވި ދިރާސާގައި ހުރީ އާދާގެ ސުވާލު ކަމަށެވެ. މި ގޮތުން ޓަޗް ސްކްރީނުގައި ބާރަށް ދަތުރުކުރާ އެއްޗެސްސާއި އިންސާނާ ގުޅުވާލުމުގެ ކަންތައް ކުރާ ގޮތުގެ ސުވާލު ހިމެނެއެވެ. މި ގޮތަށް ކުރެވޭ ދިރާސާތަކުގެ އާންމު ބޭނުމަކީ އިންސާނާގެ އިނގިލި ނުވަތަ ސްޓައިލަސް އެހީގައި ސްކްރީނުގައި ބާރަށް ދަތުރުކުރާ އެއްޗަކާ އަވަސް ގޮތަކަށް ގުޅުވާލާނެ ގޮތުގެ މައުލޫމާތު ހޯދުމެވެ.

ގޫގުލްއިން ނޫސްވެރިންށް މައުލޫމާތު ދޭން ޖެހުނީ އެމެރިކާގެ އަސްކަރީ އޮފިޝަލް ޖޯސެފް ޑަންފޯޑް ގޫގުލް އިން ޗައިނާ އަށް އާޓިފިޝަލް އިންޓަލިޖެންސް ހިދުމަށްދޭ ކަމަށް ބުނުމުންއެވެ.

" ނޭގިނަމަ ވެސް މި ދެވެނީ ޗައިނާއަށް އެމެރިކާގެ މައްޗަށް ބާރު ފޯރުވުމުގަ އެހީތެރިކަން. މި ކަމުގެ ސަބަބުން އެމެރިކާއަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ،" ޖޯސެފް ޑަންފޯޑް ވިދާޅުވިއެވެ.

ޗައިނާއިން ހާމަކުރި އާ މައުލޫމާތު:

ޗައިނާ މިދިރާސާއާއި ބެހޭ ގޮތުން އިއްޔެގެ ވަގުތެއްގައި ވަނީ އިތުރު މައުލޫމާތު ހާމަކޮށްފައެވެ.

އިންސާނުންނާއި ކޮމްޕިއުޓަރާ ގުޅިމެހިލުމުގެ ޓެކްނޮލަޖީއަށް ލިބުނު ކުރިއެރުމަކީ ޓަޗް ސްކްރީނަށް ކުދި އަދި އަވަހަށް ދަތުރުކުރާ އެއްޗެހީގެ މައުލޫމާތު ދަނެގަނެ އަދި އޭގެ މައުލޫމާތު ސްކްރީނަށް ގެނެސް ދިނުމުގެ މިންގަނޑަށް ލިބުނު ކުރިއެރުމެއް ކަމަށް ޗައިނާއިން ބުނެއެވެ.

ސްކްރީނަށް މިގޮތަށް ފެންނަ އެއްޗެހީގެ މައުލޫމާތު ގެނެސްދިނުން ވަނީ 50 އިންސައްތަ އަވަސް ވެފައިކަމަށާއި މައުލޫމާތުގެ ސައްހަކަމަށް 80 އިންސައްތާގެ ކުރިއެރުން ލިބިފައިވާ ކަމަށެވެ.

މި ގޮތުން ފައިޓާ ޖެޓްގެ ޕައިލަޓަށް ނުވަތަ އެންޓި އެއާ މިސައިލާ ކުޅޭ މިހާއަށް ޓަޗް ސްކްރީނުގެ އެހީގައި ބާރަށް ދަތުރުކުރާ ކުދި އެއްޗެސް ދެނެގަނެ އެކަމަށް ފިޔަވަޅު އެޅުން އަވަސް ވެގެންދާނެ ކަމަށެވެ.

ޗައިނާގެ ސްޓެލްތް ފައިޓާ J-20 ގައި މި ޓެކްނަލޮޖީގެ 25 އިންޗި ޓަޗް ސްކްރީނެއް ވަނީ އަޅުވާފައިކަމަށާ، މިއީ އެމެރިކާގައި ބޭނުން ކުރާ ސްޓެލްތް ފައިޓާ F-20 ގައި އަޅުވާފަ ހުންނަ ސްކްރީނުގެ 50 އިންސައްތަ ބޮޑު ސްކްރީނެއް ކަމަށް ޗައިނާއިން ބުނެފައިވެއެވެ.

އަދި މި ސްކްރީނަށް އެހެން އުޅަދުތަކުގެ މައުލޫމާތު ކިތައްމެ ބާރަށް ދިއައަސް ބަލާލެވޭނެ ކަމަށާ، އެ އުޅަދު ދަތުރުކުރަމުންދާ ރާސްތާއާ، އުޅަނދުގަ ބޭނުން ކުރާ ހަތިޔާރުގެ މައުލޫމާތުވެސް މި ސްކްރީނުން ދައްކުވާ ދޭނެކަމަށެވެ.

ޗައިނީސް އެކަޑަމީ އޮފް ސައިންސްގެ ވެބްސައިޓުގައި ހުކުރު ދުވަހު އާންމު ކުރި ދިރާސާގަ އަސްކަރީ، ބޭސްފަރުވާ، އިލްމު، އަދި ޑިޖިޓަލް އިންޓަލިޖެންސް ހިމެނެއެވެ. ނަމަވެސް ފަހުން ޗައިނާއިން ވަނީ މި މައުލޫމާތު ތައް ސިއްރުކޮށްފައެވެ.

ގޫގުލް އިން ޗައިނާގެ އަސްކަރިއްޔާގެ ވާހަކަތައް ދޮގު ކުރިނަމަވެސް، ޗައިނާ އަސްކަރިއްޔާގެ އާޓިފިޝަލް އިންޓަލިޖެންސުގައި މަސަކައް ކުރާ ސައިންސު ވެރިއް ބުނެފައިވަނީ އެހެން ގައުމުތަކުގެ މީހުންނަށްވެސް މިފަދަ ކަންކަން ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ޗައިނާއިން ދޭކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު