ފެލިދޫ އަށް ޔޫތް މިނިސްޓްރީން ފޮނުވި ތަކެތީގައި މެމްބަރު ފަޒުލް ގެ ނަން ޖަހާފައި ހުރި މައްސަލަ ހޫނުވެއްޖެ

ފެލިދޫ އަށް ޔޫތް މިނިސްޓްރީން ފޮނުވި ތަކެތީގައި  އިދިކޮޅު ޕީއެންސީ ޕާޓީގެ މެމްބަރު ފަޒުލް ގެ ނަން ޖަހާފައި ހުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފެލިދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ބޭފުޅާއެވެ.

ޔޫތް މިނިސްޓްރީން މިއަދު މިނިސްޓަރ އަހުމަދު މަހްލޫފް ސޮއިކުރައްވާ ނެރުނު ސީޓީގައި ވިދާޅުވެފައިވަނީ ފެލިދޫ ގައި ކުޑަކުދިންގެ ޕާކެއް އެޅުމަށް ފޮނުވި ތަކެތީގެ ބޭރުގައި "އެމްޕީ ފަޒުލް" ޖަހައި އޮޅުވާލާފައިވާކަމަށެވެ.

ނަމަވެސް އެ ރަށުގައި ކުޑަކުދިންގެ ޕާކެއް އެޅުމަށް އެއްވެސް އިރެއް ގައި ޔޫތް މިނިސްޓްރީން ފަޒުލް އާ މަޝްވަރާ ނުކުރާ ކަމަށް ސީޓީގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު