މާލެ އާ ގުޅީ ފަޅު 2022 ވަނަ އަަހަރު ގުޅުވާލާނެ

މާލެ އާއި ގުޅީފަޅު ގުޅާލާ ކޯޒްވޭ ގެ މަސައްކަތް 2022 ވަނަ އަހަރަށް ނިމޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު ވިދާޅުވީ މި ކޯޒްވޭގެ މަސައްކަތް އަންނަ އަހަރުގެ ފެބުރުއަރީ މަހު ފަށާނެކަމަށެވެ. އަދި ދެ އަހަރު ދުވަހުގެ ތެރޭގައި ނިމޭނެކަމަށެެވެ.

މާލެ ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ބްރިޖަކުން ގުޅާލުމަށް ބޭނުންވާ 488 މިލިއަން ޑޮލަރު ނުވަތަ 7.5 ބިލިއަން ރުފިޔާ ހޯދުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. އެ ބިޔަ މަޝްރޫއު ފަށަން ބޭނުންވާ ފައިސާ ހޯދަން ބަނޑޮސް އައިލެންޑް ރިސޯޓްގައި ބޭއްވި މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް އަށްވެސް ހުށަހެޅިއެވެ.

ކިޔުންތެރިންގެ ހިޔާލު