ލުތުފީއަށް މާފެއް ނުދެވޭނެ: ރައީސުލް ޖުމްހޫރިއްޔާ

ދިވެހިރާއްޖެއަށް 1988 ވަނަ އަހަރު ދިން އުދުވަނީ ހަމަލާގައި އިސްކޮށް ހަރަކާތްތެރިވި ހާޖަރާގޭ އަބްދުﷲ ލުތުފީއަށް މާފު ނުދެވޭނެކަމަށާއި، އޭނާއަކީ މިޒާމުގައި ގައުމު ދުށް އެންމެ ބޮޑު ހާއިނު ކަަމަށް ރައީސުލްޖުމްހޫރިއްޔާާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއެވެ.

ރައީސް ސާލިހު މިއަދު ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސާލިހު ވިދާޅުވީ ލުތުފުހުރީ ލަންކަގައި ހުންނަ އެމްބަސީގައި ނޫންކަމަށެވެ. އަދި އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި އެބަތިބިކަމަށެވެ.

"ލުތުުފީއަކީ މި ޒަމާން ދުށް އެންމެ ބޮޑު ހާއިނު. އެނާއަށް މާފުދެވެން އަޅުގަނޑަށް އޮތް ނަމަވެސް އެކަމެއް ނުކުރާނަން،" ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސްް ވިދާޅުވީ ލުތުފީ ރާއްޖެގެނައުމަށް ދައްކަން ޖެހެނީ ތިންހާސް ވަރަކަށް ޑޮލަރު ކަމަށާއި، އަދި އެނާ އަނބުރާ ރާއްޖެ ގެނައުމަށް ޓިކެޓު ގަތުން ފަދަ ހަރަދުތައް ކުރަންޖެހޭ ކަަމަށެވެ. އަދި ލުތުފީ ވިސާ ނުދައްކާ ހުރުމުގެ ސަބަބުން ދައްކަންޖެހޭ ޖޫރިމަނާ ދައްކަން ޖެހެނީ ލުތުފީކަމަށެވެ.

ރައީސް ވިދާޅުވީ ލުތުފީ އެމްބަސީއަށް ވަނުމުން އޭނާގެ ވާހަކަ ހާމަ ނުކުރީ އެވާހަކަ ހާމަކުރުމަށްވުރެ، އެނާ އަނބުރާ ރާއްޖެ ގެނެސް ހައްޔަރުކުރު މާ މުހިންމު ވުމުންްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު