ސަރުކާރުން ސަބްސިޑީ ދީގެން ހިޔާ ފްލެޓްތަކިގެ އަގު ހެޔޮ ކުރަނީ

ސަރުކާރުން ސަބްސިޑީ ލައިގެން ހިޔާ ފްލެޓްތަކުގެ ކުލީގެ އަގު މަހަކު 6000 ރުފިޔާއަށް ކުޑަކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ވާހަކަ ދައްކަވަމުމް، ރައީސް ސާލިހު ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް، 11،000 ރުފިޔާއަށް އަރާއިރު، ތިން ކޮޓަރީގެ އެޕާޓުމަންޓެއްގެ އަގަކީ 23،000 ރުފިޔާކަމަށެވެ.

"އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިދަނީ މި ފްލެޓްތަކުގެ އަގު ވެސް، ސަރުކާރުން ސަބްސިޑައިޒްކޮށްގެން ހިިޔާ ފްލެޓްތަކުގެ އަގު ހެޔޮކުރުން،" ރައީސް ސާލިހު ވިދާޅުވިއެވެ.

ހައުސިން މިނިސްޓްރީން މި މައުލޫމާތު ހިއްސާ ކޮށްފައިވާއިރު ކުރީގެ ރައީސް އަބްދުﷲ ޔަމިން ހިންގެވި "ހިޔާ" ފްލެޓްތަކުގެ ސައިޒު ކުޑަކަމުގެ ޝަކުވާ އެތައް ބަޔަކު އަންނަނީ ކުރަމުންނެވެ.

"ހިޔާ" މަޝްރޫގެ އެޕާޓުމަންޓެއްގައި ހުންނަނީ 550 އަކަ ފޫޓެވެ. އަދި އެ ޕާޓުމަންޓުތައް އެއްކޮށް ނިންމުމަށް 40 މިލިއަން ޑޮލަރުގެ ލޯނެއް ސަރުކާރުން ވަނީ ހޯދާފައެވެ. އެހެން ކަަމުން އެޕާޓު މަންޓެއްގެ އަގު މަހެއްގެ މައްޗަށް 11،000 ރުފިޔާއަށް އެރުން ވެސް އެކަށީގެންވާކަމަށް އެޗްޑީސީން ބުނެއެވެ. ނަމަވެސް އެތަަންތަނުގެ އަގު ކަނޑައަޅާނީ ސަރުކާރާ މަޝްވަރާކޮށްގެން ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ ކޮންމެ އެޕާޓުމަންޓެއްގައި 550 އަކަ ފޫޓު ހުންނަކަމަށެވެ. އަދި އެޕާޓު މަންޓެއްގެ އަގު 1.2 މިލިއަން ރުފިޔާއަށް އަރާކަމަށެވެ.

"މާނައަކީ މަހެއްގެ މައްޗަށް 11،000 ރުފިޔާ އެބަޖެހޭ ކުލީގެ ގޮތުގަ. އެހެން ނަމަވެސް ކުއްޔާ ގުޅޭގޮތުން މި އަންނަނީ މަޝްވަރާ ކުރަަމުން،" އެޗްޑީސީން ބުނެފައިވެއެވެ.

އެޗްޑީސީން ބުނީ 25 ބުރީގެ ކޮންމެ އިމާރާތެއްގައި 450 ފްެލެޓް ހިމެނޭ ކަމަށެވެ.

ހިޔާ މަޝްރޫގެ ދަށުން އަޅާނީ 7،000 ފުލެޓު ކަމަށް މީޑިއާތަކުގައި ހަބަރު ފެތުރުނު ނަމަވެސް، އަޅަމުން އަންނަނީ 6860 ފްލެޓް ކަމަށް އެޗްޑީސީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު