ވިދިވިދިގެން ތިން ފަހަރަށް ކޮޕާ އެމެރިކާގެ ތަށި ހޯދުމުގެ ނަސީބު ޗިލީއަށް ގެއްލިއްޖެ

ކޮޕާއެމެރިކާގެ ތަށި ވިދިވިދިގެން ތިން ވަނަ ފަހަރަށް ހޯދުމުގެ ނަސީބު ޗިލީ އަށް ރޭ ކުޅުނު ކޮޕާއެމެރިކާ 2019 ގެ ސެމީ ފައިނަލްގެ ފަހުމެޗުން ބަލިވުމުން ގެއްލިއްޖެއެވެ.

ޕެރޫއާ ވާދަކޮއް ޗިލީ ބަލިވީ 0-3 ގެ ނަތީޖާއިންނެވެ.

2016 ، 2015 ގައި ބޭއްވި ކޮޕާއެމެރިކާ މުބާރާތުގައި ޗިލީވަނީ ފައިނަލްގައި ދެފަހަރުވެސް އާޖެންޓީނާއި ވާދަކޮއް ޕެނަލްޓީ ޖަހައިގެން ތަށި ހޯދާފައެވެ.

ރޭގަ ކުޅުނު މިމެޗުގައި ޕެރޫ ވަނީ ފުރަތަމަ ހާފުގައި 2 ލަނޑު ކާމިޔާބު ކޮއްފައެވެ. ފުރަތަމަ ލަނޑު ކާމިޔާބު ކޮއްފައިވަނީ 21 ވަނަ މިނިޓުގައި އެޑިސަން ފުލޮރޭސް އެވެ، ދެވަނަ ލަނޑު ކާމިޔާބު ކޮއްފައިވަނީ 38ވަނަ މިނިޓުގައި ޔޮޝިމަރު ޔޯތުއެން އެވެ. އަދި މެޗުގެ ފަހު ލަނޑު ކާމިޔާބު ކޮއްފައިވަނީ ފަހު ހާފުގައި ލިބުނު އިތުރު މިނިޓުގެ ތެރޭގަ ޕައޮލޯ ގުއެރޭރޯއެވެ.

މި މެޗުގައި ދެޓީމުންވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ޕެރޫގެ ގޯލަށް ގިނަ ހަމަލާތަކެއް ޗިލީއިން ދީފައި ވީނަމަވެސް ޗިލީއަށް ވަނީ ލަނޑެއް ކާމިޔާބު ކުރުމުގެ ނަސީބު ނުލިބިފައެވެ. މީގެ ތެރޭގައި މެޗުގެ ފަހު ހާފުގެ އިތުރު މިނިޓުގައި ޗިލީއަށް ލިބުނު ޕެނަލްޓީ ވެސް ކާމިޔާބެއް ނުކުރެވުނެވެ.

މިއީ 1975 އަށް ފަހު ޕެރޫ މުބާރާތުގެ ފައިނަލަށް ދިޔަ ފުރަތަމަ ފަހަރެވެ. ފައިނަލުގަ ޕެރޫ ވާދަކުރަން ޖެހޭނީ ބުރެޒިލްއާއެވެ. މިމެޗް ކުޅެން ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ ހޯމަ ދުވަހުއެވެ.

މުބާރާތުގެ ރަނަރަޕް ނޫނީ ތިންވަނަ ހޯދާ މެޗުގައި ވާދަކުރަނީ ޗިލީއާއި އާޖެންޓީނާއެވެ. މެޗުކުޅެން ހަމަޖެހިފައި ވަނީ މި ފެށޭ ހަފްތާގެ އާދީއްތަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު