މެޖިސްޓްރޭޓް މުހައްމަދު މޫސާ އަވަހާރަވެއްޖެ

ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ، ކޯޓު އިސްމެޖިސްޓްރޭޓް މުޙައްމަދު މޫސާ އަވާހަރަވެއްޖެއެވެ.

މިކަމާ ޖަޖުންގެ އެސޯސިއޭޝަނުން އަދި ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ ތައުޒިޔާ ކިޔާފައެވެ.

މުހައްމަދު މޫސާއަކީ 1984 ވަނަ އަހަރުން ފެށިގެން ދައުލަތައް ހިދުމަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އޭނާ ވަނީ 1990 ވަނަ އަހަރުން ފެށިގެން 29 އަހަރު ފަނޑިޔާރުކަމުގެ މަގާމު އަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު