19 މިލިއަން ރުފިޔާގެ ތެލުގެ ވިޔަފާރީގެ ލިޔެކިޔުންތައް ހައި ކޯޓަށްް ހުށަހަޅަައިފި

މެރީޑިއަމް އިން އެސްޓީއޯއާ ކުރި 19 މިލިއަން ރުފިޔާގެ ތެލުގެ ވިޔަފާރީގެ  ލިޔެކިޔުންތަކުގެ ޑިޖިޓްލް ކޮޕީ ހައިކޯޓަށް ހުށަހަޅައިފިއެވެ.

މިކަން އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ހުސެން އަމްރު ހާމަ ކުރެއްވީ ރޭ ބޭއްވި ސްޓޭޓް އޯންޑް އެންޓަޕްްރައިސެސް މަޖިލިސް ކޮމެޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

"ލިބެންޖެހޭ ގިނައަދަދެއްގެ ފައިސާއާ ގުޅުން ހުރި މި މައްސަލަ ހައިކޯޓުގަ ގިނަ ދުވަސްވެފަ ވަނީ އެކަމާ ގުޅުން ހުރި ލިޔެކިޔުންތައް ނުފެނިގެން،" އަމްރު ވިދާޅުވިއެވެ.

މި ލިޔެ ކިޔުންތަކުގެ ޕްރިންޓުކޮށްފައިވާ ކޮޕީތަކެއް ނުފެނެއެވެ.

އެސްޓީއޯއިން މެރީޑިއަމް އަށް ވިއްކި 19.3 މިލިއަން ރުފިޔާގެ ނުލިބޭ ކަމަށް ބުނެ އެ ފައިސާ ހޯދުމަށް އެސްޓީއޯއިން ސިވިލް ކޯޓުގައި ދައުވާކުރުމަށް 2010 ވަނަ އަހަރު ފޮނުވިއެވެ. ނަމަވެސް އެ ކޯޓުން މައްސަލަ ނިންމީ އެސްޓީއޯ އާ ދެކޮޅަށެވެ. މިހާރު އެ މައްސަލަ ވަނީ ދައުލަތުގެ ފަރާތުންް ހައިކޯޓުގަ އިސްތިއުނާފުކޮށްފައެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ ފައިސާގެ ތަހުގީގީ ރިޕޯޓުގައި ރިޔާޒު ރަޝީދުގެ އެކައުންޓަށް އެސްއޯއެފް އެކައުންޓުން 424.225 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

އެކަމާ ގުޅިގެން ކުރީގެ ވިލުފުށީ ދާއިރާގެ މެމްބަރު އަދި މެރީޑިއަމް ކުންފުނީގެ ޗެއާމަންް، އަބްދުﷲ ރިޔާޒު ވިދާޅުވެފައިވަނީ، އެސްއޯއެފް އިން މެރީޑިއަމް ސާވިސަސް ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ޕޭމަންޓެއްގެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު